ads
ރަސްމާލޭގައި އިންވެސްޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލްއައްބާރާ ވާހަކަދައްކަވަނީ - ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލެއިން ލިބޭ ޓީޖީއެސްޓީ 8 ގުނަ އިތުރުވާނެ: މުއްތަލިބް
ރާއްޖޭގެ ރިސޯޓަކުން ސަރުކާރަށް މިހާރު ލިބެމުންދާ ޓީޖީއެސްޓީއަށްވުރެ ރަސްމާލެ ވޯޓާ ފްރޮންޓް މަޝްރޫއިން ލިބޭނެ ޓީޖީއެސްޓީ 8 ގުނަ އިތުރުވާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

މޯލްޑިވްސް އެކައުންޓިން ފޯރަމްގެ ގެސްޓް ސްޕީކާއެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ހިމެނޭ ރަސްމާލެ މަޝްރޫއުއިން އަހަރެއްގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށެވެ. އެއީ ހެކްޓަރަކުން އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރެވެ.

ރަސްމާލެއިން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ރަސްމާލެ ސަރަހައްދުގެ 500 ހެލްޓަރުގެ ބިމުގައި 8،800 ޕްރޮޕަޓީ ތަރައްގީ ކުރާނެ އެވެ. 

"ރަސްމާލޭގައި ތަފާތު ދެ ބާވަތެއްގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވޭނެ. ސާފުކުރުމާއި މެއިންޓަނެންސް މަސައްކަތްތަކާއި ޕްރޮޕަޓީ މެނޭޖް ކުރުމާއި ކާބޯތަކެތީގެ ވިޔަފާރިތަކާއި ރީޓެއިލް އަދި ރެސްޓޯރެންޓް ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވާނެ. ފައިނޭންޝަލް އެންޑް ޕްރޮޕެޝަނަލް ސާވިސްތަކާއި އެކައުންޓިން އާއި ޑިޖިޓަލް، މެރިން، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ވިޔަފާރިތަކަށް ވެސް ފުރުސަތު ލިބިގެންދާނެ." މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ރަސްމާލެ ފަދަ ޕްރޮޖެކްޓެއް އައި ނަމަވެސް، ރާއްޖޭގެ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގައި ތަރައްގީ ކުރާ ޓޫރިޒަމްގެ ވިޔަފާރިތައް ވެސް އެގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް ރައްކާތެރިކަން ދޭނެކަމަށެވެ. ރިއަލްއެސްޓޭޓް ވިޔަފާރީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރު ކަމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.

އީގަލް ހިލްސްގެ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއު:

  • އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދޭން ވަނީ ނިންމާފައި
  • މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
  • އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
  • އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
  • 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
  • އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ 
ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް