ads
ޝަފްނީޒް: ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ ވަނީ އައްޔަން ކުރައްވާފައި - ފޮޓޯ/މީރާ
އާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ކަމަށް ޝަފްނީޒް އައްޔަންކޮށްފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަހުމަދު ޝަފްނީޒް އައްޔަން ކުރައްވައިފި އެވެ.
Advertisement

މީރާ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، ޝަފްނީޒް މިއަދު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކޮށްފައިވާތީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.

ޝަފްނީޒް ވަނީ މީގެ ކުރިން މީރާގެ އެޑްމިން އަދި ފައިނޭންސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް