ads
ސްޓޭޓް ފާމާ ކުންފުނީގެ ސީއޯއޯ އިމާދު އިއްޔެ މައުލޫމާތު ދެއްވަނީ
ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވަން އަންނަ އަހަރު ޓެސްޓު ކުރަން ފަށަނީ
ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޕައިލެޓު ޕްރޮޖެކްޓު ފަށާނެ ކަމަށް ސްޓޭޓް ފާމާއިން އިއްޔެ ބުނެފި އެވެ.
Advertisement

އެ ކުންފުނިން ބޭސް ރައްކާކުރާ މައި ގުދަން މީޑިއާތަކަށް ދައްކާލުމަށް ފަހު، ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން އެއް ތަނުން އަނެއް ތަނަށް ބޭސް ފޮނުވުމުގެ ޕައިލެޓް ޕްރޮޖެކްޓު ފަށާނެ ކަމަށެވެ. 

އޭގެ ފަހުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޭސް ފޮނުވާނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ. 

ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން އިމާދު ވިދާޅުވީ ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބުން ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް، ރާއްޖެއިން ނުލިބޭ ގިނަ ބޭސްތައް މުއްދަތުގެ ތެރޭގައި މިހާރު ބޭރުން ގެނެވޭ ކަމުގަ އެވެ.

ސަޕްލައި ޗެއިންއާ ހަވާލުވެފައި ގޮންޖެހުންތައް ކުރިން ހުރި ނަމަވެސް މިހާރު ސްޓޭބަލް ކުރެވިފައިވާ ކަމަށާއި  މި ވަގުތު މަސައްކަތް ކުރަނީ ދީފައި އިން ޓައިމް، ދެ ހަފުތާގެ ތެރޭގައި ޓާގެޓަށް ވޯކް ކުރަން ކަމުގައި އިމާދު ވިދާޅުވި އެވެ.

your imageސްޓޭޓް ފާމާގެ ގުދަން

އޭނާ ވިދާޅުވި ގޮތުގައި، އެސްޓީއޯއިން ހިންގަމުން ދިޔަ ހުރިހާ ފާމަސީތަކެއް މިދިޔަ ޖުލައި 1 އިން ފެށިގެން އާ ކުންފުންޏަށް ބަދަލުކޮށް، އުއްމީދުކުރި ވަރަށް ވުރެ ރަނގަޅަށް އެކަން ގެންދެވުނު ކަމަށެވެ. އެއަށް ފަހު، ސަމާލުކަން ދިނީ ބޭހުގެ ސްޓޮކް ދެނެގަތުމަށް ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް މިދިޔަ ހަފުތާގައި ވެސް ގެނެސްފައިވާ ކަމަށެވެ

މި މަސް ނިމުމުމުގެ ކުރިން އިތުރު ބޭސްތައް ގުދަން ކުރެވޭނެ ކަން ފާހަގަކުރެއްވި އެވެ. 

މި ސަރުކާރުން ވަނީ ޑްރޯންގެ އެހީގައި ބޭސް ފޮނުވަން ފަށަން އެކި ތާރީހުތައް ދީފަ ވި ނަމަވެސް އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް އެކަމެއް އަދި ނުފެށެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް