މޭލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކުރުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދުކޮށްފައިވާ މިދަނޑިވަޅުގައި މާލެ ސިޓީގައި ލޮކްޑައުން އުވާލުމާ ހަމައަށް އުފަންވާ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމުގެ އިންތިޒާމް އޮންލައިނުކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދާއިމީ ސެޓުފިކެޓު ލިބޭނީ އުފަން ދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.