ads
ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވް
ޑޭވްގެ ވަގު ތުހުމަތު އެފްއޭއެމްގެ ކުރީގެ ވެރިންނަށް!
ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަޙްމަދު ނަޝީދު- ޑޭވް، އެފްއޭއެމްގެ ކުރީގެ ވެރިންގެ ބޮލުގައި ވަގު ތުހުމަތު އަޅުވައިފިއެވެ. އެފްއޭއެމްގެ ކުރީގެ ވެރިންގެ ބޮލުގައި ޑޭވް ވަގު ތުހުމަތު އެޅުވީ، އެފްއޭއެމުން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، "ލެޓްސް ޓޯކް ފުޓްބޯލް" ފޭސްބުކް ލައިވްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.

ޓީސީ ސްޕޯޓްސް ކްލަބު ހިންގެވުމުގައި އިސްކޮށް އުޅުއްވާ ޑޭވްއަކީ، 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ރައީސް ޔާމީން އައްޔަން ކުރެއްވި ފަރާތެވެ. އެއީ ކުޅިވަރު ގާނޫނުގެ ދަށުން އައްޔަން ކުރެވުނު ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރު ވެސް މެއެވެ. އެފްއޭއެމުން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވްގައި ވާހަކަ ދައްކަވަމުން ޑޭވް ތުހުމަތު ކުރެއްވީ، އެފްއޭއެމްގެ ކުރީގެ ވެރިން ކުރިހާވެސް ކަމަކީ ވައްކަން ކަމަށެވެ. ޑޭވް ތުހުމަތު ކުރެއްވީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް ނޫން އެހެން އެންމެވެސް ވައްކަން ކުރި ކަމަށެވެ.

އަޅުގަނޑުމެން މިވީހާ ތަނަށް އެފްއޭމްގައި އޮތީ، އެންމެވެސް ހަމަ ޖީބަށްލުން. ދިވެހިރާއްޖޭގައި އެފްއޭއެމްގައި ދިވެހިރާއްޖޭގައި މި ވީހާތަނަށް އެފްއޭއެމްގައި ހުރި އެކަކުވެސް ނެތް ވައްކަން ނުކުރާ. އެންމެންވެސް ވައްކަން ކުރި.

ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވްގެ މި ތުހުމަތުތައް އަމާޒުވާ އެފްއޭއެމްގެ ކުރީގެ ވެރިންނަކީ، އެންމެ ފަހުން އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ތާރިޤާއި، މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމަށެވެ. އާޒިމްއަކީ އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސްއެވެ. ކުރިން އެފްއޭއެމް ހިންގި ބޭފުޅުންގެ ތެރޭގައި މިހާރުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު، މުހައްމަދު ކަލީމް، އަހްމަދު ޝާހިރު، ސަމަރު ބުލޫ އިބްރާހިމް މަނިކު އަދި ޢަބްދުއް ޝުކޫރު ހިމެނިވަޑައިގަންނަވައެވެ. މީން އެއްވެސް މީހަކު ވައްކަން ކުރި ކަމަށް މިހާތަނަށް އެފްއޭއެމްގެ އިންޓަނަލް އޮޑިޓަކުންވެސް ފާހަގަކުރެވިފައެއް ނުވެއެވެ. 

your imageޑޭވް، ކުރީގެ ފަސްޓްލޭޑީ ފާތުންއާއި އެކު

ޑޭވް، ސްޕޯޓްސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އިރުވެސް އެފަދަ އެއްވެސް މައްސަލައެއް ބައްލަވާފައެއް ނުވެއެވެ. ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތައް، އެ ޖަމިއްޔާތަކުގެ ގަވާއިދުތަކާއި ރާއްޖޭގެ ޤާނޫނުތަކަށް އަމަލު ކުރަމުންދޭތޯ ބެލުމާއި އަމަލު ނުކުރާ ޖަމިއްޔާތަކަށް ފިޔަވަޅު އެޅުމަކީ ކުޅިވަރު ޤާނޫނުގެ ދަށުން ސްޕޯޓްސް ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެކެވެ. ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން ޑޭވް އިސްތިއުފާ ދެއްވީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ޑޭވްއަކީ، އަދި ވެސް ނުބޭއްވި އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯއަށް ނޮމިނޭޓް ކުރައްވާފައިވެސްވާ ފަރާތެކެވެ. ޑޭވްގެ މި ތުހުމަތުތައް ރައްދުވާ އެއްވެސް ފަރާތަކުން އަދި މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް