ނިންޖަކީ މުހިންމު އެއްޗެއް، ނިދަން އުދަނގޫ ނަމަ މި ކަންކަން ކޮށްލާ!
16 ޑިސެމްބަރ 2019 - 08:50:56
ނިންޖަކީ ހަމައެކަނި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެއްޗެއް ނޫނެވެ. ޖެހިގެން އަންނަ ދުވަހު ހިނިތުންވެ، އުފާވެރިކަންމަތީ ހުރުމަށްވެސް ނިދި އިސް ރޯލެއް ކުޅެއެވެ.
ނިންޖަކީ ހަމައެކަނި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެއްޗެއް ނޫނެވެ. ޖެހިގެން އަންނަ ދުވަހު ހިނިތުންވެ، އުފާވެރިކަންމަތީ ހުރުމަށް ވެސް ނިދި އިސް ރޯލެއް ކުޅެއެވެ.
އިންސާނާއަށް ނިދި އެހާ މުހިންމުވާ ސަބަބަކީ އެތެރެހަށީގެ މަރާމާތްތަށް ހިނގާނީ ހަމައެކަނި އިންސާނާ ނިދާ ވަގުތުގައި ކަމަށް ވާތީ އެވެ. އިންސާނަކަށް ކޮންމެ ދުވަހަކު ވެސް ހަތް ގަޑިއިރާ ނުވަ ގަޑިއިރާ ދެމެދުގެ ވަރަކަށް ނިދި ބޭނުންވެއެވެ.
ނިދި ހަމައަށް ނުލިބުމުގެ ސަބަބުން ބަރުދަން އާދަޔާ ހިލާފަށް ދަށަށް ދާ ކަމަށް ހޯދުންތަކުން ދައްކައެވެ. ކުއްލިއަކަށް ހިތް ހުއްޓުމަކީ ހަމައަށް ނިދި ނުލިބޭ މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ.
ހަމައަށް ނިދި ނުލިބި ހުރި މީހަކު ދިރިއުޅުމުގެ ކަންކަމުގަ މަސްއޫލުވެ އުޅޭއިރު ނުރައްކާތެރި ކަންކަން ދިމާވުމުގެ ފުުރުސަތު ވަރަށް ބޮޑެވެ. މިހެންވާން މެދުވެރިވާ ސަބަބަކީ ނިދިހަމައަށް ނުލިބުމަކީ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާ ކަމެކަށް ވާތީ އެވެ.
ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރުމުން ހަނދާން ނެތެން ދިމާވެއެވެ. ހަމައަށް ނިދި ނުލިބި އުޅޭ މީހުންނަށް މެދުއުމުރަށް އަޅާލުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ވެސް ހަމަ އެހާމެ ބޮޑެވެ. ނިދި ހަމައަށް ނުލިބުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަންވެސް އުނދަގޫވާން މެދުވެރިވެއެވެ.
ނިދުމުގެ ކުރިން ކެވޭ ބައެއް އެއްޗެހީގެ ސަބަބުން ނިދުމަށް އުދަނގޫވާ ފަހަރު އާދެއެވެ. "ބްރައިޓް ސައިޑް" އިން ކުރި ދިރާސާ ދައްކާ ގޮތުން ނިދުމުގެ ކުރިން ކެއުން ރަނގަޅު ބައެއް ކާނާ އާއި ރަނގަޅު ނޫން ކާނާ ވަނީ ދެނެގަނެވިފައެވެ.
ނިދުމުގެ ކުރިން ކެއުމަށް ރަނގަޅު ކާނާތަކުގެ ތެރޭގައި ދޮންކެޔޮ ހިމެނެއެވެ. ދޮންކެޔޮލުގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމްގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ބާރުގަދަވެ ނިދަން ފަސޭހަވެއެވެ.
ޓާކީ އަކީ ނިދުމުގެ 1.5 ނުވަތަ 2 ގަޑިއިރު ކުރިން ކާލެވިދާނެ އެއްޗެކެވެ. ޓާކީގައި ހިމެނޭ ޓްރައިޕްޓޯފަންގެ ސަބަބުން އަވަހަށް ނިދި އާދެއެވެ. ހަމައެހެންމެ ކިރުގައިވެސް ޓްރައިޕްޓޯފަން ހިމެނެއެވެ. ޓްރައިޕްޓޯފަން އަކީ ނިދުމަށް އެހީވެ ގިނައިރަށް ނިދި ދަމަހައްޓަދޭ އެމިނޯ އެސިޑެކެވެ.
ނިދުމުގެ ކުރިން ކެއުމަށް ރަނގަޅު ނޫން ކާނާތަކުގެ ތެރޭގައި ޑާކް ޗޮކޮލެޓް ހިމެނެއެވެ. ޑާކް ޗޮކޮލެޓަކީ ކެފެއިން ހިމެނޭ އެއްޗެކެވެ. ކެފެއިންގެ ސަބަބުން ނިދި މަޑުވެ ނިދި ގެއްލޭ ގޮތްވެއެވެ. އަދި ނިދަން އުދަނގޫވެ ހިތުގެ ތެޅުން އަވަސްވެއެވެ.
ހަމައެހެންމެ ކުކުޅު މަހާއި މިރުސް ފަދަ ތަކެއްޗަކީ ވެސް އޭގެ ސަބަބުން ނިންޖައް އެތަކެއް ހުރަހެއް ކުރިމަތިވާ ތަކެއްޗެވެ.
ނިދަން އުދަނގޫވާނަމަ ކުރެވިދާނެ ކަންތައްތައް
އެގޮތުން ފުރަތަމަ ކަމަކަށް ނިދަން އެންމެ ރަނގަޅު ވަގުތެއް ހޯދަން ޖެހެއެވެ. ހެނދުނު ހޭލަން ބޭނުންވާ ވަގުތެއް ކަނޑައެޅުމަށް ފަހު މަދުވެގެން ހަތް ގަޑިއިރުގެ ނިދި ލިބޭނެ ގޮތަށް ކޮންމެ މީހަކު ވެސް ނިދަން އާދަކުރަންވާނެ އެވެ.
އަވަހަށް ނިދަން އަމިއްލަ ނަފްސު ހޭނެވުން ވެސް ވަރަށް މުހިންމެވެ. އެމީހަކު ގަޔާވާ ފަދަ މަޑު މިޔުޒިކެއް ޖަހައިގެން އޮވެ ނިދުމަކީ އަވަހަށް ނިދަން މެދުވެރިކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިޔުޒިކަކީ މީހާގެ ފިކުރުތަކުން ދުރުކޮށްދީ ލޭގެ ޕްރެޝާ ދަށްކޮށް އުފަލާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ''އެންޑޯފިން'' ކެމިކަލް އިތުރުކޮށްދޭ ކަމެކެވެ.
އޭގެ އިތުރުން ރަނގަޅު ފިނިހޫނު މިނެއްގައި ނިދުމަކީ ކުރެވިދާނެ ކަމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ އަވަހަށް ނިދޭނެ ފިނިހޫނު މިނަކީ 16.1 ޑިގްރީ ސެލްސިއަސް އެވެ. ނިދަން އޮންނަ ގަޑީގައި ހަށިގަނޑުގެ ހޫނުމިން މަތިވުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.
ކަސްރަތުކުރުމުން ވެސް ނިދަން ފަސޭހަވެއެވެ. އެގޮތުން ހަވީރު ހަތަރަކާއި ރޭގަނޑު ހަތަކާއި ދެމެދު މަދުވެގެން 30 މިނިޓު ވަންދެން ކަސްރަތު ކުރުމަކީ ނިދަން ދަތިވާނަމަ ކުރުން ރަނގަޅު ކަމެކެވެ.
އިންސާނާއަށް ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ހަމައަށް ނިދި ނުލިބުމުން ވަރަށް ބައިވަރު ގެއްލުންތަކެށް އަދި ނޭދެވޭ އަސަރުތަކެއް އިންސާނާގެ ހަށިގަނޑަށް ވެސް އަދި އެތެރެހަށްޓައް ވެސް ލިބިގެންދެއެވެ. ވީމާ ނިންޖަށް ރައްކާތެރިވަމާ ހިނގާށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް