ads
ސްކޫލްތަކުގެ ކްލާސްރޫމު ތަކުގައި ބެހެއްޓުމަށް ސައިބޯނި ފުޅި ހޯދަނީ
ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް ސައިބޯނި ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.
Advertisement

ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500 މިލިލީޓަރުގެ 12،500 އަތް ދޮންނަ ސައިބޯނި ފުޅި ހޯދުމަށް ބޭނުންވާ ކަމަށް ބުނެ އެ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މިނިސްޓްރީން ބުނިގޮތުގައި، އެ ޕްރޮޖެކްޓުގެ ދަށުން ސައިބޯނި ފުޅި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

އޭގެ އިތުރުން، މި ޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަނި ކަމަށާއި ރަޖިސްޓްރީ ކުރައްވަން ހުށަހަޅުއްވާއިރު ބޭނުންވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މި މަހުގެ ހަތް ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށާއި، ޕްރޮޖެކްޓާއި ގުޅިގެން ހުށަހަޅާ ބީލަންތައް މި މަހުގެ ނުވަ ވަނަ ދުވަހުގެ 11:00 ގެ ކުރިން ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް