ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނި ގޮތުގައި މިއަދު ވަނީ ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ހަތް ބަންގްލަދޭޝް މީހެއްގެ އިތުރުން އިންޑިއާގެ މީހެކެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 2,337 އަށް އަރާފަ އެވެ.
މިހާރު ރާއްޖޭގައި ފަރުވާދެމުން އަންނަނީ 397 މީހަކަށެވެ.
މިއަދު ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އައީ ހާލު ބޮޑު ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ވެސް ބަދަލުކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
ރާއްޖެއިން މިހާތަނަށް އެ ބަލީގައި އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެއްސަކާއި ހަތަރު ބަންގްލަދޭޝްގެ މީހެކެވެ.