ads
ޑރ.ނަޒްލާ---
ކެފޭތަކުގައި ސިނގިރޭޓް ބޮވުނަސް ޝީޝައެއް ނުބޮވޭނެ: ނަޒްލާ
ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދީފައި ވީނަމަވެސް ޝީޝާ ބުއިމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ޑރ. ނަޒްލާ ވިދާޅުވީ ނިއުނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ކެފޭ ރެސްޓޯރެންޓްތައް ހުޅުވާލެވުނުތާ ދެވަނަ އަށް ވީ ދުވަހު ކުރީގައި ހެދިފައިވާ ބައެއް އުސޫލުތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އަދި ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ މިހާރު ދީފައި ވީނަމަވެސް ޝީޝާ ބުއިމުގެ ހުއްދަ އަދި ނުދޭ ކަމުގައި ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނިއު ނޯމަލް ގައި ހިދުމަތް ދިނުމުގެ އުސޫލުގައި ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސިނގިރޭޓާއި، ޝީޝާއާއި، ވޭޕާއި، އީ-ސިނގިރޭޓު ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. 

ފުރަބަންދާއި އެކު ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމި އިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރި ނަމަވެސް ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް މިހާރު މިވަނީ އުސޫލުތައް ބަދަލު ގެނެސްފަ އެވެ.

މިކަމާއި ގުޅޭ ގޮތުން ނެރިފައިވާ އުސޫލުގައި ބުނެފައި ވަނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުނަށް ދުމުގެ އަސަރު ނުފޯރާވާރުގެ ދުރުމިނެއްގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ކަމަށެވެ.

ނިއު ނޯމަލްގެ ހަމަތަކާ އެކު އަލުން ކެފޭތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް