ސައުތު އޭޝިއަން ގޭމްސްއިން ދިވެހި ރާއްޖެއަށް ރަން މެޑަލް ހޯދި ހަސަން ސާއިދުއާއި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދައްނަވައިފިއެވެ.

Advertisement
ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވައިފި އެވެ.
މިއަހަރުގެ ސައިތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ލިބުނު ހަމައެކަނި ރަންމެޑަލް ސާއިދު ހޯދީ ސަތޭކަ މީޓަރު ދުވުމުންނެވެ.
ސާއިދުއަށް ލިބުނު މިކާމިޔާބާ އެކު އޭނާ މިއަދު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސާއިދަށް މަރުހަބާ ދެންނެވީ މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ އިސްވެރިންނެވެ.
ސާއިދަކީ އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ސާޖެންޓަކަށް ވުމުން އެ މުއައްސަސާއަށް ރީތި ނަން ހޯދާ އަދި ގައުމަށް ފަހުރުވެރި ވަނަތައް ހޯދާ ފަރާތްތަކަށް ހިތްވަރުދީ މިނިސްޓަރު މާރިއާ ވަނީ މީގެ ކުރިންވެސް ޓްވީޓް ކުރައްވާފަ އެވެ.
ސާއިދުގެ ނަން އެންމެ ފުރަތަމަ ރަން އަކުރުން ފަވާލެވުނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރުން ރަން މެޑަލް ހޯދައި ދިވެހިރާއްޖޭގެ ތާރީހުގައި ގޭމްސް އެއްގައި ފުރަތަމަ ރަން މެޑަލް ގެނެސްދިނުމުންނެވެ.
އެ ތާރީހީ ކާމިޔާބީއަށްފަހު ސާއިދު ވަނީ އައިއޯއައިޖީގައި އިތުރު ކާމިޔާބީއެއް ވެސް ހާސިލްކޮށްފަ އެވެ. އެއީ އައިއޯއައިޖީގެ 200 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދުމެވެ. އަދި މި އަހަރު ޖުލައި މަހު އޮތް އައިއޯއައިޖީގައި ސާއިދަށް ލިބުނީ ހަަމައެކަނި 200 މީޓަރު ދުވުމުން ލޯ މެޑަލެކެވެ.