ads
އަރަބި ވެބްސައިޓެއް--
އަރަބިންނަށް ރާއްޖެ އިސްތިހާރު ކުރަން ވެބްސައިޓެއް ހާއްސަ ވެބްސައިޓެއް
އަރަބި ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުކޮށް، ރާއްޖެއާ މެދު ޝައުގުވެރިކަން އުފެއްދުމަށްޓަކައި މާލްދީފް ގުރޫޕުން ހާއްސަ ވެބްސައިޓެއް ލޯންޗުކުރުމަށް ނިންމައިފި އެވެ.
Advertisement

ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފް ވެބްސައިޓު ލޯންޗު ކުރާނީ ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު އެވެ. 

އަންނަ ބުދަ ދުވަހު ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު މި މާލޮދީފް ގްރޫޕުގެ މުޝްތަޝާރު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މި ވެބްސައިޓު ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ގައިކަމަށެވެ. 

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ސިނާއަތާއި ރިސޯޓުތަކާއި މުޅި ދިވެހި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ހިމެނޭ ގޮތައް މުޅި ރާއްޖެ އަރަބިންގެ މެދުގައި އިތުރަށް މަގްބޫލު ކުރުމަށް ކުރެވޭ މަސައްކަތެއްކަމައް ޑރ. ޝަހީމު ވިދާޅުވި އެވެ.

"މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލް ޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ އެންމެހާ ކަމަކެއް އަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ ކަމެއް. އަރަބި ބަހުން ވާހަކަ ދައްކާ 500 މިލިއަން މީހުން އުޅޭ. އަމާޒަކީ ގިނަ ޢަދަދެއްގެ އަރަބިންގެ ހިތްގާއިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން." ޑރ ޝަހީމް ވިދާޅުވިއެވެ

ޑރ. ޝަހީމް އިތުރަށް ފާހަގަ ކުރައްވާފައިވަނީ، މި ވެބްސައިޓުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ ގިނަ އަދަދެއްގެ އަރަބީންގެ މެދުގައި މަގްބޫލު މަންޒިލަކަށް ހެދުމާއި ދިވެހި ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތަ ކުރުމަކީވެސް މި ވެބްސައިޓުގެ މައިގަނޑު މަގްސަދެއް ކަމުގައެވެ.

މި ވެބްސއިޓު ލޯންޗުކުރުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެނަދިއުމަށް ހަަމަޖެހިފައިވާއިރު މި އިވެންޓު ފޭސްބުކް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް