މިއަދު ކޮވިޑް19 އަށް ޖުމުލަ 39 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރެއިން 27 މީހުންނަކީ ދިވެހިންވެ. އަދި ހަތް މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުންނެވެ. މީގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ރައްޔިތަކު ހިމެނެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޖުމުލަ 2801 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު ކޮވިޑް19 އަށް ޕޮޒިޓިވް ކޮށް ރާއްޖެއިން ތިބީ 470 ފަރާތެވެ.
މީގެ އިތުރުން ޖުމުލަ 2302 ފަރާތެއް ވަނީ މިބަލިން ރަނގަޅުވެފައެވެ.