ads
އޭއާރު ރަހްމާން--
ބޮލީވުޑުގައި އަހަންނާއި ދެކޮޅަށް ބޮޑު ގޭންގެއް އެބަ އޮތް: އޭއާރު ރަހްމާން
ބޮލީވުޑުގެ ލަވަކިޔުންތެރިޔާ، އޭއާރު ރަހްމާނަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރި އެކެވެ.

މިއުޒިކް ކޮމްޕޯސްކުރުމުގެ އިތުރުން ލަވަ ޕްރޮޑިއުސްކުރުމުގައި އުޅޭ އޭއާރު ރަހްމާންގެ އެންމެ ފަހުގެ މަސައްކަތަކީ ސުޝާންތު ސިންގް ރާޖުޕުތު އެންމެ ފަހުން ފެނިގެންދާ ފިލްމު، "ދިލް ބެޗާރާ" އެވެ. އެ ފިލްމުގެ މިއުޒިކް ކޮމްޕޯސްކޮށްފައި ވަނީ އޭނާ އެވެ. 

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭއާރު ރަހްމާން ބުނީ ހިންދީ ފިލްމުގައި އޭނާގެ މަސައްކަތްތައް ހިމަނާހާ ރީތި ނޫންކަމަށް ބުނެ އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ގޭންގެއް އެބަ އޮތް ކަމަށެވެ. 

އަދި ރަހްމާން ބުނީ، އޭނާ މަސައްކަތް ކުރަނީ ވަރަށް ރަނގަޅު ކަމަށް އޭނާއަށް ފެންނަ ފިލްމުތަކުގައި ކަމަށާއި އެކަމަކު އޭނާއާ ގުޅިގެން ފޭކް ހަބަރުތައް ފަތުރާ، "ގޭންގް" އެއް އޮންނަ ކަމަށެވެ. އެގޮތަށް އޭނާ ބުނެފައި ވަނީ އެހާ މަދު ފިލްމުތަކުގައި މަސައްކަތް ކުރަނީ ކީއްވެތޯ ކުރި ސުވާލެއްގަ އެވެ.

އޭއާރު ރަހްމާނަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ގިނަ ލަވަތަކެއް ކިޔާފައިވާ ފަރާތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް