އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ 37 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެއާއެކު ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ 64 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ބަލި ޖެހުނު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީޝަނުން ހިމެނޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެެ.
އަދި 21 ފުލުހަށް ވސް ކޮވިޑް ޖެހިފައިވާއިރު މިއަދު އެކަނި ވެސް ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށް ޑރ، ނަޒްލާ ވިދާޅުވި އެވެ.
މިފަހުން ދިން ލުއިތަކާއެކު ފްރޮންޓްލައިނުގައި މަސައްކަތް ކުރާ، މީހުންނަށް ކޮވިޑް ޖެހުން އިތުރުވެފައިވާ ކަމަށް މީގެ ކުރިން ޑރ. އިބްރާހީމް އަފްޒަލް ފާހަގަކުރެއްވި އެވެ.