ads
އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބޭއްވި އެންސީޢައިޓީގެ ހާއްސަ ހަރަކާތެއްގެ ތެރެއިން
ޤައުމީ ވޯކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި
ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ޤައުމީ ވޯކިން ގްރޫޕްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީއިން ކޮށްފައިވާ އިއުލާނެއްގައިި ބުނީ ޤައުމީ ވޯކިން ގްރޫޕުގެ މެންބަރުކަމަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށްކަމަށެވެ. މި ގުރޫޕްގެ މެންބަރު ކަމަށް ކުރިމަތި ލުމަށް އެންމެ ފުރުތަމަ ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. 

މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފައިވާ ދާއިރާ ތަކުގެ ތެރޭގައި ސައިންސްގެ ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން އިންޖިނިއަރިންގ ދާއިރާ ހިމެނެއެވެ. އެ މިނިސްޓްރީން ބުނީ މިއިން ކޮންމެދާއިރާއަކަށް ނަގާނީ އާންމު ރައްޔިތުންގެ ތެރެއިންއެއްމެންބަރު ކަމަށެވެ.

މެންބަރު ކަމަށް ކުރިމަތިލެވޭނީ، ތަމްސީލުކުރާ ދާއިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލުކޮށްފައި ވާނަމައެވެ. މިނިސްޓްރީން ބުނީ ސައިންސާއި ޓެކްނޯލޮޖީ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާލިބިފައި ހުންނަން ޖެހޭނެ ކަަމަށާއިވޭތުވެދިޔަ2 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށެވެ.

މިނިސްޓްރީން ބުނީ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ އާއި އައިޑީ ކާޑުކޮޕީގެ އިތުރުން ސީ.ވީ އަދި އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީތައް، މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން info@mcst.gov.mv އަށް އީމެއިލް ކުރެއްވުން އެދޭކަމަށެވެ.  މިނިސްޓްރީން އިތުރަށް ބުނީ މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު3302200އަށް ގުޅާގެން ސާފްކުރެވޭނެ ކަމަށެވެ. 

ޤައުމީ ވޯކިން ގްރޫޕުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ހަމަ އެކަނި ދިވެހިންނަށެވެ. އަދި މެންބަރުން ހޮވުމުގައި ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް މިނިސްޓްރީންް ބުނެއެވެ.

 ޤައުމީ ވާކިން ގްރޫޕްގެ އަކީ ސައިންސާއި ޓެކްނޯލޮޖީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރާ ގުރޫޕެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް