ads
ފޮޓޯ: ކައިލާން
ހޯލްސޭލްކޮށް ކޮސްމެޓިކްސް ގަތުމަށް ކައިލާން
ކޮސްމެޓިކްސް ހޯލްސޭލް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ބޮޑީ ސްޕްރޭ އާއި ސެންޓް އަދި އެހެނިހެން ސާމާނު ކައިލާން ޓްރެޑްސް އިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކައިލާން އިން ބުނީ ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތްތަކުން އަބަދުވެސް އެމީހުންގެ ފިހާރައަށް މުދާ ގަތުމުގައި އެތައް ގޮތަކަށް ބަލާކަމަށާއި ކޮސްމެޓިކްސް ހޯލްސޭލް ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ބޮޑީ ސްޕްރޭ އާއި ސެންޓް އަދި އެހެނިހެން ސާމާނު ގަންނަން އެކިއެކި ފިހާރަތަކަށް ދުވަން ޖެހުމަކީ ކަސްޓަމަރުންނަށް ވަރަށް އުނދަގޫ ކަމަކަށް އަބަދުވެސް އޮންނަނީ ވެފައި ކަމަށެވެ. 

ނަަމަވެސް ކައިލާންގައި ގެންގުޅޭ އުސޫލުތަކަކީ އަދި ކައިލާންގައި ލިބެންހުރި ތަފާތު އައިޓަމް ތަކުގެ ސަބަބުން އެ ފިހާރައިން ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ގިނަ ސާމާނު އެއްތަނަކުން ލިބޭނެ ކަމަށް ކައިލާން އިން ފާހަގަކުރެ އެވެ.

އެގޮތުން ބޮޑީ ސްޕްރޭ އަދި ސެންޓްގެ ބާވަތްތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް އެކުލެވޭ ގުޑް ގާލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ އަކީ އެ ރޭންޖްގެ ރާއްޖޭގައި މިވަގުތު ހޯލްސޭލް ކަސްޓަމަރުންނަށް އަގުގެ ގޮތުން އެންމެ ބޮޑު ފައިދާއެއް ލިބޭނެ ބްރޭންޑް ކަމަށް ކައިލާން އިން ފާހަގަކުރެ އެވެ. 

އޭގެ އިތުރުން ކްރިއޭޝަން، ބެއާސް އަދި ލަތާފާ އަކީ މިހާރު ރާއްޖޭގައި އެންމެ ހިނގާ ސެންޓު ބްރޭންޑްތައް ކަމަށާއި މި ބްރޭންޑް ތަކުގެ އިތުރުންވެސް ކޮސްމެޓިކްސް ފިހާރައަކަށް ބޭނުންވާނެ ބޮޑީ ސްޕްރޭ އަދި ސެންޓްގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯލްސޭލް ކަސްޓަމަރުންނަށް ލިބޭ ބްރޭންޑްތައް ކައިލާން އިން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. 

ކައިލާން އިން ބުނީ ހަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޑްގެ އެކި އެކި ޕްރޮޑަކްޓްތައްވެސް ކައިލާން ހޯލްސޭލް ސެންޓަރުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. ޑިސްޕްލޭ ސްޓޭންޑާއެކު ހޯލްސޭލްކޮށް ލިބެންހުރި އިޒަބެލް ޑުޕޮންޓްއަކީ މިހާރު ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަގްބޫލް ކަމެއް ލިބެމުން އަންނަ މޭކަޕް ބްރޭންޑް ކަން ފާހަގަކޮށް ކައިލާން އިން ބުނީ މި ބްރޭންޑްގެ މޭކަޕް ޕްރޮޑަކްޓްސް ތަކުގައި ރާއްޖޭގައި ވިއްކާ ބައެއް އެހެން މޭކަޕް ޕްރޮޑަކްޓް ތަކުގައި ނެތް ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށެވެ. 

އެގޮތުން ހަލާލް މޭކަޕަކަށް ވުމުގެ އިތުރުން މި ޕްރޮޑަކްޓްތަކުގެ މަސްކަރާއާއި އައިލައިނާ ތަކަކީ ވޯޓާ ޕްރޫފް އަދި ލޮލުން އުފެދޭ ފެނުން މޭކަޕަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް އުފައްދާފައިވާ މޮޅު ޕްރޮޑަކްޓްކަމަށާއި ލިޕްސްޓިކްސް ތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ހިނގާ އަދި އެންމެ ރީތި ކުލަތަކުގެ މެޓް ސީރީސްގެ ލިޕްސްޓިކްސް ވެސް ލިބެން ހުންނާނެ ކަމަށް ކައިލާން އިން ބުނެ އެވެ. 

ކައިލާން ހޯލްސޭލް ސެންޓަރުން ވިޔަފާރި ކުރުމުގައި ރާއްޖޭގެ އެކި އެކި ރަށްރަށުގެ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ފިހާރައިން ވަނީ ބޭނުންވާ ޕްރޮޑަކްޓްތަކަށް އޮންލައިންކޮށް އަދި ފޯނުން ރިކުއެސްޓް ކުރެވޭނެ ގޮތް ހަދައިދީފަ އެވެ.

ކައިލާއިން އިން ހޯލްސޭލް ވިޔަފާރި ކުރުމުން ރަށްރަަށަށް ފޮނުވަން ބޭނުންވާ މުދާ އެ ރަށްރަށަށް ފުރާ ބޯޓުތަކަށް އެފިހާރައިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

ކައިލާން ހޯލްސޭލް ސެންޓަރު ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރުގެ ފޯން ނަންބަރަކީ 7986474 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް