އަށް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ އުސެއިންގެ އުފަން ދުވަހުގެ ޕާޓީ ބޭއްވީ މާސްކް ނާޅާ ޕާޓީއެއްގެ ގޮތުގަ އެވެ.
އިއްޔެ އޭނާ ވަނީ ސާމްޕަލް ނެގިކަން ހާމަކޮށް ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ. އޭގެ ފަހުން ޖެމެއިކާގެ ހެލްތު މިނިސްޓްރީން ވަނީ އޭނާ ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފަ އެވެ.
ބޯލްޓް ބުނީ ކޮވިޑް-19 ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ގައިން ނުފެންނަ ކަމަށެވެ. އެކަމަކު ޕާޓީ ކުރުމަށް ފަހު ޓެސްޓު ކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
އެ ޕާޓީގައި ގިނަ ސެލެބްރިޓީން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ރަހީމް ސްޓާލިންގް ވެސް ހިމެނެ އެވެ.