ads
މިނިސްޓަރު މުހައްމަދު މަލީހް--
ޑިޖިޓަލް އިކޮނޮމީއެއް ތަރައްގީކުރުމަށް ޑިޖިޓަލް ސަރުކާރެއްގެ ދައުރު ވަރަށް މުހިއްމު: މަލީހް
ޑިޖިޓަލް އިކޮނޮމީއެއް ތަރައްގީކުރުމަށް ޑިޖިޓަލް ސަރުކާރެއްގެ ދައުރު ވަރަށް މުހައްމުކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ޑަބްލިއުއެސްއައިއެސްގެ މިއަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން މިއަދު ވަނީ ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން އިހުސާސް ކޮށްދީފައި ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންނަށް ހިދުމަތްކުރުމުގައާއި ސަރުކާރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަރަށް މުހިއްމު ކަމަށާއި، މިއަދު ޑިޖިޓަލް އިކޮނޮމީއެއްގެ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމަށް ޑިޖިޓަލް ސަރުކާރެއްގެ ރޯލު ވަރަށް މުހައްމުކަމަށް ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި މިނިސްޓަރު މަަލީހް ވަނީ އައިސީޓީ ދާއިރާއާ ބެހޭ މުހިއްމު މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅި އާއި، އުނގެނުމާއި، މަސައްކަތްކުރާ ގޮތް މިއަދު ބަދަލުކުރަން މަޖުބޫރުވެ، ޓެކްނޮލޮޖީގެ ދައުރު ކުރީ ސަފަށް ގެނެސްފިކަން ފާހަގަކުރެއްވި އެވެ. އަދި އިންސާނުންގެ ކުރިއެރުމަށް ޑިޖިޓަލް ކަނެކްޓިވިޓީ މިއަދު ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވެފައި ކަމަށާއި އޭގެ ސަބަބުން ޑިޖިޓަލް ޑިވައިޑު ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

21 ވަނަ ގަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ހޯދަން ޖެހިފައިވާކަމަށާއި އެގޮތުން ކޮލިޓީ ނެޓްވޯކު ކަވަރޭޖް އާއި، އައިސީޓީ ލީގަލް ފްރޭމްވޯކް އާއި، ސަބްމެރިން ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުކުރަންޖެހިފައިވާކަން މަލީހް ފާހަގަކުރެއްވި އެވެ.

ޑަބްލިއުއެސްއައިއެސްގެ މިއަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންސް، ޓެކްނޯލޮޖީ އަދި ކޮމިއުނިކޭޝަން ދާއިރާގެ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް