ads
އިޒަބެލް ޑުޕޮންޓް ފޮޓޯ:---
އިޒަބެލް ޑުޕޮންޓް ގެ ފޭސް ކެޓަގަރީ ވަރަށް ހާއްސަ!
ރާއްޖޭގައި ބޭނުންކުރާ މޭކަޕް ބްރޭންޑް ތަކުގެތެރެއިން ހަލާލް މޭކަޕް ތަކަށް ދިވެހިން ވަނީ ވަރަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އަދި އޭގެތެރެއިންވެސް މިހާރު ރާއްޖޭގައި ބޭނުންކުރާ މޭކަޕް ޕްރޮޑަކްޓްސް ތަކުގެ ތެރެއިން އެންމެ މަގްބޫލް ކަމެއް ހޯދަމުން އަންނަ ބްރޭންޑަކީ ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން އަންނަ އިޒަބެލް ޑުޕޮންޓް ބްރޭންޑެވެ.

އިޒަބެލް ޑުޕޮންޓްގެ ފޭސް ކެޓަގަރީގެ ތެރެއިން ޕްރައިމާސް އަށް ބަލާލާއިރު ދެ ވައްތަރެއް ލިބެން ހެރެއެވެ. އެއީ އޮއިލީ ސްކިން އަށާއި ޑްރައި ސްކިން އަށް ހާއްސަ ދެވަތްތަރެވެ. މީގެ އިތުރުން ކޮންސީލާސްއަށް ބަލާލާއިރުވެސް އެންމެ އާއްމުކޮށް ދިވެހިން ބޭނުންކުރާ ދެވައްތަރުގެ ކޮންސީލާސް މި ބްރޭންޑްގެ ލިބެން ހުރެއެވެ. އެއީ ލިކުއިޑް ކޮންސީލާސް އެންޑް ކަރެކްޓާސް އަދި ސްޓިކް ކޮންސީލާސް އެންޑް ކަރެކްޓާސްއެވެ. މި ދެވައްތަރުންވެސް މޫނުގައި ހުންނަ ކުދިކުދި އައިބުތައް ފޮރުވާލާ ރީތިކޮށްދޭނެއެވެ. 

އިޒަބެލް ޑުޕޮންޑްގެ ފައުންޑޭޝަނަށް ބަލާއިރު ކެމޮފްލާޖް ފައުންޑޭޝަން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. ކެމޮފްލާޖް ފައުންޑޭޝަން ތަފާތު އެކި ކޮމްބިނޭޝަން ސްކިންއަށް ބޭނުން ކުރެވޭއިރު، ނެޗުރަލް މެޓް ރީތި ފިނިޝިނިންއެއް މި ފައުންޑޭޝަނުން ގެނެސްދޭނެއެވެ. މީގެ އިތުރުން އޮއީލީ ސްކިން އަށް ހާއްސަ ފައުންޑޭޝަންއާއި ޑްރައި ސްކިން އަށް ހާއްސަ ފައުންޑޭޝަން ވެސް މި ބްރޭންޑްގައި ލިބެން ހުރެއެވެ. މީގެއިތުރުން މޫސް ފައުންޑޭޝަން އަކީ އުމުރުން ދުވަސްވީ މީހުންގެ ގައިގެ ހަން ރީތިކޮށްދޭ ރޫތައް ފިލުވާލަދޭ ޕްރޮޑަކްޓެކެވެ. 

މީގެއިތުރުން މޫނުގައި ޖަހާ ފުށަކީ ދިވެހިން އަބަދުވެސް ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ބަލާ އެއްޗެކެވެ. މިގޮތުން އިޒަބެލް ޑުޕޮންޓްގެ މޫނުގައި ޖަހާ ފުށުގެވެސް އާއްމުކޮށް ދިވެހިން ބޭނުންކުރާ ހުރިހާ ވައްތަރުތަކެއް ލިބެން ހުންނާނެއެވެ. މީގެތެރޭގައި މެޓިފައިން، މިނެރަލް، އިލުމިނޭޓާ، ޕާފެކްޓް ފޭސް އަދި ސޮފްޓް ޓަޗް މީ ފާހަގަކޮށްލެވޭ ފުށުގެ ވައްތަރުތަކެވެ. މި ކޮންމެ ޕްރޮޑަކްޓަކުންވެސް ކަސްޓަމަރުން ބޭނުންވާ ތަފާތު ފިނިޝިން ލިބިގެންދާނެއެވެ. އަދި މޫނުގެ ނާޒުކު ހަމަށް ލިބެންޖެހޭ އެންމެހާ ފައިދާތައް އެކުލެވޭ މާއްދާތައް އެކުލެވިގެން ތައްޔާރުކޮށްފައިވާ މިނެރަލް ފުށަކީ އިޒަބެލް ޑުޕޮންޓްގެ އެންމެ ބާރަށް ވިކޭ ކަސްޓަމަރުންގެ އެންމެބޮޑު މަގްބޫލް ކަމެއް ލިބިފައިވާ ސްކިން ކެއާ ޕްރޮޑަކްޓެކެވެ. އަދި އާއްމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރަން އެންމެ ރަނގަޅު ފުށެވެ. މީގެ އިތުރުން ޕާފެކްޓް ޕްރެސް ޕައުޑާ އަކީވެސް މޫނުގައި ޖެހުމަށް ހާއްސަ ސްޕޮންޖް ކޮޅަކާއެކު ލިބޭ ކަސްޓަމަރުންގެ ވަރަށް ބޮޑު މަގްބޫލް ކަމެއް ލިބިފައިވާ ފުށެކެވެ.

މީގެއިތުރުން ޕާޓީ ތަކަށާއި ހާއްސަ ހަފްލާތަކަށް ދާއިރު މީހާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ބްރޮންޒިން ޕައުޑަރާއި އިޒަބެލް ޑުޕޮންޓްގެ ބްލަޝަސްއަކީ ވެސް ވަރަށް ހާއްސަ ރީތިރި ފިނިޝިން އެއް ގެނެސްދޭ ޕްރޮޑަކްޓް ތަކެކެވެ. އަދި އިޒަބެލް ޑުޕޮންޓްގެ މޭކަޕް ރިމޫވާ އަކީވެސް ވަރަށް ހާއްސަ ޕްރޮޑަކްޓެކެވެ. ތަފާތު އެކިއެކި ހަފްލާތަކާއި އޮފީހަށް ނުވަތަ އެހެނިހެން ކަންކަމަށްވެސް މޭކަޕް ކުރުމަށްފަހު ރޭގަނޑު ނިދާއިރު މޭކަޕް ފިލުވާލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. މިކަމަށް މިވަގުތު ރާއްޖޭގެ މާކެޓްގައި ލިބެންހުރި އެންމެ ފުރިހަމަ ޕްރޮޑަކްޓަކަށް އިޒަބެލް މޭކަޕް ރިމޫވާ ވާނެކަން ޔަގީނެވެ. 

އިޒަބެލް ޑުޕޮންޓްގެ ޕްރޮޑަކްޓްސްތައް މުހިންމުވަނީ މި ޕްރޮޑަކްޓަކީ ހަލާލް ޕްރޮޑަކްޓެއްގެ އިތުރުން އަގުގެ ގޮތުން އަތްފޯރާފަށުގައި ލިބޭ، އަދި މި ޕްރޮޑަކްޓްގެ ފޭކް އެއްވެސް ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓްގައި ނޫޅޭނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދެވޭނެ ޕްރޮޑަކްޓަކަށް ވުމުން ކަމަށް ކައިލާން އިން ބުނެ އެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އެހެން ހުރިހާ މޭކަޕް ބްރޭންޑްތަކެއްގެވެސް ފޭކް ޕްރޮޑަކްތައް ރާއްޖޭގެ މާކެޓްގައި ދައުރުވަމުންދާއިރު، އެ ޕްރޮޑަކްޓް ތަކުގެ ޔަގީންކަމާމެދު ކަސްޓަމަރުން ސުވާލު އުފައްދައެވެ. ނަމަވެސް ރާއްޖޭގެ ރީޓޭލްކޮށް އިޒަބެލް ޑުޕޮންޓް ވިއްކާ އެއްވެސް ފިހާރައެއްގައި އިޒަބެލް ޑުޕޮންޓްގެ ފޭކް އެއްވެސް ޕްރޮޑަކްޓެއް ނުވީއްކާކަން މި ޕްރޮޑަކްޓް ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ކައިލާން ޓްރެންޑްސް އަދި ކައިލާން ފިހާރައިން ޔަގީންކަން ކަސްޓަމަރުންނަށްދެ އެވެ. 

އިޒަބެލް ޑުޕޮންޓްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ލިބޭނީ ކައިލާން ޓްރެންޑްސް އަދި ކައިލާން ފިހާރައިންނެވެ. މި ޕްރޮޑަކްޓް ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ޑިސްޕްލޭ ރެކް ލިބޭނެ އެވެ. އަދި ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ. އޭގެ އިތުރުން ހޯލްސޭލްކޮށް ރަށްރަށުން ގަންނަ ފަރާތްތަކުން ބޭނުން ބޯޓަކަށް ހިލޭ ގެންގޮސްދެވޭނެ އެވެ. ކައިލާން ހޯލްސޭލް ސެންޓަރު ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރުގެ ފޯން ނަންބަރަކީ 7986474 އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް