ads
ފޮޓޯ: ރިޕަބްލިކް ވޯލްޑް
ގަންޖާއަށް ދިން ހަމަލާތަކުގައި ހަތް މަރު
އާމީނިޔާއިން އަޒަރްބައިޖާންގެ ރަށެއް ކަމަށްވާ ގަންޖާއަށް ދިން ހަމަލާތަކުގައި ހަތް މީހުން މަރުވެއްޖެ އެވެ.

އަރުމޭނިޔާއިން އަޒަރުބައިޖާންގެ ގަންޖާއަށް ދިން ހަމަލާތަކުގެ ސަބަބުން ހަތް މީހުން މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އަޒަރުބައިޖާން އާއި އަރުމޭނިޔާއާއި ދެމެދު ނަގޯނޯ-ކަރްބަޚްގެ މައްސަލައިގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާ މެދުވެރިއެއްގެ ރޯލް އަދާކުރި މި އެއްބަސްވުމުގައިވާ ގޮތުން އަރުމޭނިޔާ އާއި އަޒަރުބައިޖާނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، ހައްޔަރުކުރެވިފައިވާ އަސީރުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ދެގައުމުގެ ދެމެދުގައި ބަދަލުކުރުމަށްވަނީ ފުރުސަތު ދީފައެވެ.

އަރުމޭނިޔާއާއި އަޒަރުބައިޖާނުން ވަނީ މި އެއްބަސްވުމާއި ހިލާފުވިކަމުގެ ތުހުމަތު އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވައިފައެވެ. އެގޮތުން އަރުމޭނިޔާގެ ޑިފެންސް މިނިސްޓްރީއިން ވަނީ ހަމަލާ ދިންކަމަށް ބުނެ، އަޒަރުބައިޖާނުން އެއްބަސްވުމާއި ހިލާފުވިކަމުގެ ތުހުމަތު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް