ads
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު-- ފޮޓޯ: ސަން
މުލި، ބިލެތްފަހި އެއާޕޯޓަކީ ކުރީސަރުކާރުގެ މަޝްރޫއުތަކެއް: މުއިއްޒު
މުލި އަދި ބިލެތްފަހީގައި މިސަރުކާރުން އަޅުއްވާނެކަމަށް ވިދާޅުވާ އެއާޕޯޓުތަކަކީ ރައީސް ޔާމީން ސަރުކާރުން އަޅުއްވަން ނިންމައި އިއުލާން ކުރައްވާފައިވާ ދެ މަޝްރޫއުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. 

މިވާހަކަ ރައްދުދެއްވައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މުލި އަދި ބިލެތްފަހި އެއާޕޯޓަކީ ރައީސް ޔާމީން ނިންމަވައި އެމަނިކުފާނު އިއުލާންކުރައްވާފައިވާ އެއާޕޯޓުތަކެއް ކަމަށާއި، މުލި އެއާޕޯޓް އެޅުމަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ނިންމެވި ކަމަށެވެ. މީގެއިތުރުން ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭނެއް ރައީސް ޔާމީންގެ ސަރުކާރުން ހައްދަވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. 

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ސަރުކާރަށް ދެ އަހަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރައްޔިތުންނަށް ވައިގެ މަގުން ދަތުރު ފަތުރު ކުރުމަށް ލުއިފަސޭހަތަކެއް ގެނެސްދިނުމުގެ އުންމީދުގައި ކުރިއަށް އޮތްތާގަވެސް ޕްލޭންތައް ކުރެވިފަ އެބަހުރިކަމަށާއި، އެގޮތުން މުލީގަ ވެސް އެއާޕޯޓެއް އަދި ހަމައެގޮތަށް ބިލެއްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ވިސްނުންތަކެއް އެބަހުރިކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް