ads
ރައީސް މައުމޫން އަބްދުލްގައްޔޫމް--
އެމްއާރްއެމްގެ ޖަލްސާއަށް ރައީސް ވަޑައިގަތުމަކީ ލިބުނު ޝަރަފެއް: މައުމޫން
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ނިންމުމުގެ ހަފްލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ނިންމުމުގެ ހަފްލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއާރުއެމް އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ރައީސް ސޯލިހު އެ ޖަލްސާއަށް ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އަބަދުވެސް އިސްލާހަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ގައުމު އިސްލާހު ކުރުމަށް ކަމަށެވެ.

އަދި ޕާޓީ އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޕާޓީގައި އަންހެނުންނާއި ފިރިހިެނުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ލިބޭނޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަންވެސް މައުމޫން ވަނީ ދެއްވާފަ އެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ އެންމެ މައި ތަނބުގެ ގޮތުގައި ސިފަކުރައްވާ މައުމޫން ވިދާޅުވީ ޕާޓީގެ މެދުގައި "ކޮމަން ގްރައުންޑެއް" ހޯދޭނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް