ads
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކޮށްފި
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
Advertisement
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

އޭނާ ސޮއިކުރައްވައި ރައީސް ޔާމިންއާއި ފޯމު ހަވާލުކުރެއްވީ މިރޭ ޕީޕީއެމްއިން ބޭއްވި 'ހިބަރު ވަދު' ޖަލްސާގައެވެ.

ހުސެން މުހައްމަދު ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ މިއަދު ދިވެހިރާއްޖޭގައި ގައުމިއްޔަތާއި އިސްލާމް ދީނާއި ހިލާފު ކަންތައްތަކެއް ހިނގަމުން އަންނާތީ އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުންކަމަށެވެ.

ޕީޕީއެމްއާއި ސޮއިކުރެއްވުމަށްފަހު އޭނާ ވިދާޅުވެފައި ވަނީ އޭނާ ހުރީ ކޮން ކުލައެއްގައިތޯ ބަލަން ނުޖެހޭކަމަށެވެ.

"ފެއްސާ ރަތާއި ހުދުގެ ފަހަތުގައި ހުރިތޯ ބަލަންވީ" ހުސެން މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު މި ގައުމަށް ސުންޕާ ހަބަރުތައް އޮހެމުން އަންނަކަމަށެވެ.

"އެކާވީސް ވަނަ ގަރުނުގައި ވެސް ސަމާލުވާން ޖެހޭ. އެއީ މީގެ ކުރިން ވެސް ސަމާލުވެ ތިބެންޖެހޭ. އެއީ އަޅުގަނޑުމެންގެ ގައުމާއި ދީނާއަށް ސަމާލުވާންޖެހޭ ޖެހުން،" މިރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ހުސެން މުހައްމަދު މީގެ ކުރިން ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އޭނާ މަޖިލީހަށް ހޮވި ވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާވެސް ގުޅިވަޑައިގެންފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް