ads
އިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު--
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހު
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން އާދިއްތަ ދުވަހަށް ތާވަލު ކޮށްފި އެވެ.
Advertisement

ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މި މައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 02:00 އަށެވެ. 

އެ މައްސަލައިގައި ހުކުމް ކުރުން ކުރިން ތާވަލު ކޮށްފައި އޮތީ މާޗް 12 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް ހުކުމް ކުރުމުގެ ޝަރީއަތް އޭރު ފަސްކުރި އެވެ. 

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބޭއްވި އިރު އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން އާފިޔާއާ ވަނީ އެކަމުގައި އެއްޗެއް ބުނަން ބޭނުންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އާފިޔާ ވަނީ ބުނާނެ އެއްޗެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އިތުރަށް ހަމަ އެއްވެސް އެއްޗެއް ބުނަން ބޭނުންނެތީތޯ ސުވާލުކުރުމުން އާފިޔާ ވަނީ ގަސްދުގައި ކުއްޖަކު ނުމަރާ ކަމަށާއި އަދި ގަސްދުގައި އަނިޔާވެސް ނުކުރާ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން އާފިޔާ އިތުރަށް ބުނެފައި ވަނީ އިބްތިހާލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓްގައި ވެސް ހުރީ ހުސް ދޮގު ކަމަށް ބުނެފަ އެވެ. 

އެގޮތަށް އާފިޔާ ބުނި ނަމަވެސް ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ވަނީ އިބްތިހާލުގެ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށް ބުނެފަ އެވެ. ފުލުސް މީހާގެ ހެކިބަސް ނަގާ ނިމުމުން އާފިޔާއަށް ވަނީ އެ ދުވަހުގެ އަޑުއެހުމުގައި ފުލުސް މީހާއަށް ކުރާނެ ސުވާލެއް އޮތްތޯ ސުވާލުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އިތުރު އެއްވެސް ސުވާލެއް ނެތް ކަމަށް ބުނެފަ އެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާ ވަނީ ކޯޓުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވެފައި ފަހުން އެކަމަށް އިންކާރުވެސް ކޮށްފައިވެ އެވެ. އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވީ ބިރު ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ. 

އިބްތިހާލު މަރާލި ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރުވެސް މިމައްސަލަ ނިންމާލެވިފައި ނުވާތީ ގިނަ ފަރާތްތަކެއް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް