ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު -- ފޮޓޯ: ރައީސް އޮފީސް
މަރުހަބާ ދެންނެވުމަށް ސްކޫލު ކުދިން ނެރުމަކީ ތަރުހީބުދޭ ކަމެއްނޫން: ރައީސް އޮފީސް
ދައުލަތުގެ އިސް ފަރާތްތަކުން ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގައި މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން ނެރުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއްނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ. 

އަދި އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައި ނުވާނެ ކަމަށާއި، އެފަދަ ހަރަކާތްތަކުގައި، ސްކޫލު ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވާކަމަށްވެސް ހޫދު ވިދާޅުވިއެވެ. 

ހޫދު މިހެންވިދާޅުވީއިރު ދާދިފަހުން ހޯރަފުށި އެއާޕޯޓު ހުޅުވުމަށް ރައީސް ސޯލިހުއާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންނާއި އަދި މިނޫންވެސް ސަރުކާރުގެ އިސް ފަރާތްތަށް އެރަށައް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ދެންނެވުމުގައާއި އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލު ކުދިން ބައިވެރިކުރުވުމުން، އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

އަދި މާދަމާ ރައީސް ލ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރުފުޅާއި ގުޅިގެން، އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ އަދަދެއްގެ ދަރިވަރުން ނެރެދިނުމަށް އެދި ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ ސުކޫލުގެ ޕްރިންސިޕަލަށް، ގަމު ކައުންސިލްގެ ރައީސް ފޮނުވާފައިވާ ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް