ads
ހުޅުމާލޭ ބީޗަށް ރެދަން ބަލަން އެއްވެ ތިބި މީހުން: ފޮޓޯ ސޯޝަލް މީޑިއާ
ރެދަން ބަލަން އެތައް ބަޔަކު އެއްވެއްޖެ ގައިދުރުކަމެއް ނެތް
ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑު ދޮށުގައި ރެދަންލާތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. އެކަން މީޑިއާގެ ސަމާލުކަމަށް އައުމާއެކު އެތައް ބަޔަކު މިރޭ ހުޅުމާލޭ ބީޗަށް ވަނީ އެއްވެފައެެވެ. އެެހެން ނަމަވެސް އެއްވި މީހުން ގައިދުރުކަމެއް ނުބަހައްޓައެވެ. ކޮންމެ ރެއަކު ވެސް ކަންކަން ހިނގަނީ މި އުސޫލުންކަމަށް ހުޅުމާލެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގައިދުރުކަން ނުބަހައްޓާތީ ބައެއް މީހުން އަންނަނީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެެވެ. 

ހުޅުމާލެ ބީޗަށް ގިނަ ބަޔަކު އެއްވެފައިވާއިރު، އެޅިފައިވާ ގިނަ ފިޔަވަޅުތަކުން މިހާރު ގިނަ ލުއިތަކެއް ދެވިފައިވާކަމަށާއި އެހެންނަަމަ ވެސް ފަރުވާ ކުޑަކޮށްލާގެން ނުވާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވެސް ވަނީ ވިދާޅުވެފައެވެ. 

އެ މަންޒަރު ބަލަން އެތައް ބަޔަކު ހުޅުމާލެއަށް ކޮންމެ ރެއަކުވެސް އަރައެވެ.  އެރި އެވެ. ސޯޝަލް މީޑިއާއަށް ވެސް ގިނަ ބަޔަކު އެ މަންޒަރު ބަލަން ގޮސް ނެގި ފޮޓޯތައް ހިއްސާކުރަމުން އަންނައިރު ފެނިގެންދަނީ ހުޅުމާލޭ ގޮނޑުދޮށުގައި ވަރަށް ބޮޑަށް ރެދަން ލާފައިވާ މަންޒަރެވެ. 

ގްރޭޓާ މާލޭ ސަރަހައްދުގެ ރަށްރަށުގައި ރެދަންލުމަކީ އާންމު ކަމެއް ނޫންކަމުން، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ މަންޒަރު ބަލާލަން ލިބެނީ މަދު ފަހަރަކު އެވެ. 

ރޭ އެ ނަސީބު ލިބި، މާލޭގައި އުޅޭ އެތައް ބަޔަކު ވެސް ހުޅުމާލެއަށް ގޮސް ހަމަ ލޮލުން ރެދަން ލާފައި އޮތް މަންޒަރު ބަލާލި އެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް