ads
ފީހާލީގެ މަންޒަރެއް
ބައިސްކޯފުގެ އާ އަހަރު ހަދިޔާ ވަރަށް ހާއްސަ: މޫމިން ފުވާދުގެ "ފީހާލި"
ބައިސްކޯފުން މިއަދު މިވަނީ އާ އަހަރުގެ ސަޕްރައިޒްތަކުގެ ތެރެއިން އެންމެ ބޮޑު ސަޕްރައިޒް ހާމަކޮށްފައެވެ. އެގޮތުން މިވަނީ މޫމިން ފުވާދުގެ ކުރު ފިލްމު ފީހާލީގެ ޓްރެއިލާ ނެރެފައެވެ.

ފީހާލިން ދައްކުވައިދެނޭނީ "ދިރިއުޅުމުގެ ކުޑަ ވަގުތުކޮޅެއް" ކަމަށް އެ ފިލްމުގެ ޑައިރެކްޓާ މޫމިން ފުވާދު ވިދާޅުވިއެވެ. 

މި ފިލްމަކީ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓުގެ ކުރު ފިލްމުކެވެ. 

ޓްރެއިލާގެ މިއުޒިކް އަޑު އިވުމާއެކު ވެސް ފިލްމުގައި  ވަންހަނާ ވެފައިވާ ބޮޑެތި ކަންތައްތަކެއް އޮތްކަމުގެ އިހުސާސް ކުރެވެއެވެ. 

"އާ އަހަރާއެކު އާ ފިލްމެއް. މިއީ ބައިސްކޯފު ބޭނުންކުރާ މީހުންނަށް ދެވޭނެ އެންމެ ހާއްސަ ހަދިޔާ،" ބައިސް ކޯފުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ. 

އެންމެ ފަހުން ބައިސްކޯފަށް މޫމިން ފުވާދު ނެރުނު "ގަމިނި" ސީރީޒް ވަނީ ބައިސްކޯފުގެ ސުޕަ ހިޓަކަށް ވެފައެވެ. 

މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގަ ކޮޕީ އިސްމާއިލް ރަޝީދު، ނަތާޝާ ޖަލީލް، އަލީ ފިޒާމް، އަހުމަދު އިޝާރު، މުހައްމަދު ޒުހުރީ އަދި ވާޝިޔާ މުހައްމަދު ހިމެނެއެވެ. 

ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު ސެމީ އަލީ މުސްތަފާގެ އެންމެ ދޮށީ ދަރިފުޅު އަނޫފް އަލީ މުސްތަފާ ވެސް މި ފިލްމުން ތައާރްފް ވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކުރެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް