ads
ފީހާލި
ފީހާލި: ގައުމުގެ ހާލަތު އަންގާލީ ބައި ގަޑިއިރުން!
ދިވެހި ފިލްމުތައް ހަދާ ޑައިރެކްޓަރުންގެ ވާހަކަ ދައްކާލައިފިނަމަ މޫމިން ފުއާދްގެ ނަމަކީ ލިސްޓުގެ އެންމެ ކުރީގައި އޮންނާނެ ނަމެވެ. މޫމިން އުފައްދާ ކޮންމެ ފިލްމަކީ ފާހަގަކޮށްލެވޭ މޮޅު ފިލްމެކެވެ. އެގޮތުން ގަމިނިއަށް ފަހު މޫމިން ޑައިރެކްޓްކޮށް ފައިނަލް ޗެޕްޓާއިން މުހައްމަދު ޒުހުރީ ޕްރޮޑިއުސްކޮށް ބައިސްކޯފުގެ ބެލުންތެރިންނަށް ހަދިޔާއެއް ގޮތަށް ގެނެސްދިން ފީހާލި ވެސް މިވަނީ ބެލުންތެރިންގެ އަނގައިން ސޮނި ވައްޓާލާފައެވެ.
Advertisement

މޫމިން ވިދާޅުވާ ގޮތަށް "ދިރިއުޅުމުގެ ކުޑަ ވަގުތުކޮޅެއް" މި ފިލްމުން ގެނެސްދޭއިރު އެ ހިނދުކޮޅު ވެގެން ދިޔައީ ބޮޑު މެސެޖެއް ރައްޔިތުންނަށް ފޯރުކޮށްދިން އަސަރު ގަދަ ފިލްމަކަށެވެ. 

މި ފިލްމުގެ ކެމެރާ ކުރުމުން ފެށިގެން ގޮސް އެޑިޓިން އަދި ޑައިރެކްޝަންގައި ވެސް މަސައްކަތް ކޮށްފައިވަނީ ބައިސްކޯފުގެ ސުޕަހިޓްވި ގަމިނީގެ ވެސް ޓީމުންނެވެ. 

އިސްމާއިލް ރަޝީދް (ކޮޕީ އިއްސެ) މިއަދު ވިދާޅުވީ މި ކުރު ފިލްމަކީ ބޮޑު މެސެޖެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބެލުންތެރިންނަށް ލިބޭނެ ފިލްމެއް ކަމަށެވެ.

"ފިލްްމުން މޫމިން ބޭނުންވި އަމާޒަށް ވާސިލްވި،" ކޮޕީ އިއްސެ ވިދާޅުވި އެވެ.

މޫމިންގެ ގަމިނިއަށް ވުރެ ފީހާލި އެފެކްޓިވް ކަމަށާއި ގަމިނީގެ ކުރިން ފީހާލީގައި ވެސް ދައްކުވާދީފައިވަނީ "އައުޓް ސްޓޭންޑިން ޕަފޯމެންސް" އެއްކަމަށް އިއްސެ ބުންޏެވެ. 

ފީހާލިން ދައްކައިދެނީ މާލޭގެ ހަލަބޮލި މުޖްތައުގައި މީހުން ދިރިއުޅެމުންދާ ހާލަތެވެ. މި ފިލްމުން މާލޭގެ ނުސާފު އަދި ނޭދެވޭ އެތައް މައްސަލަތަކެއް ދައްކުވައިދެއެވެ. 

މި ކުރު ފިލްމުގެ މަގުބޫލުކަން ބެލުންތެރިންގެ ތެރޭގައި އިތުރުވުމުގެ ސަބަބުން މި ފިލްމުން ފެށުނު ހާޖާނުގަނޑު ސީރީސްއެއްގެ ގޮތުގައި ނެރުމުގެ ވިސްނުން މޫމިން ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ކުރު ފިލްމު އާ އަހުގެ ރޭގައި ރިލީޒް ކޮށްފައިވާއިރު މިހާތަނަށް އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިިބިފައެވެ. 

މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގަ ކޮޕީ އިސްމާއިލް ރަޝީދު، ނަތާޝާ ޖަލީލް، އަލީ ފިޒާމް، އަހުމަދު އިޝާރު، މުހައްމަދު ޒުހުރީ އަދި ވާޝިޔާ މުހައްމަދު ހިމެނެއެވެ. 

ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު ސެމީ އަލީ މުސްތަފާގެ އެންމެ ދޮށީ ދަރިފުޅު އަނޫފް އަލީ މުސްތަފާ ވެސް މި ފިލްމުން ތައާރަފް ވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަކުރެއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް