މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިއްޔެ ވަނީ މަޝްރޫއު ހިންގާ ސައިޓު މޮބިލައިޒްކޮށްފައި ކަމަށެވެ.
މިއީ ޖުމްލަ 31.6 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުރައް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި، އެއާޕޯޓް ހެދުން އަދި މަގު ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.
ފާއިތުވި 2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މިދިޔަ އަހަރު 34 މަޝްރޫއެއް ނިންމާ، 70 މަޝްރޫއު މުޅިން އަލަށް ފެށި އެވެ. އަދި މި އަހަރު ވެސް ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން ދަނީ ފަށަމުންނެވެ.