ads
އަންސާރާ--
އަންސަރާ ކިޑްނީއަކަށް އެދި އާދޭސްކުރަނީ!
މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރި އެވެ. އުނަގަނޑުގައި ރިއްސުމާއި ހިނގާބިނގާވެ އުޅެން ދަތިވެގެން އައްޑޫ ހިތަދޫއަށް ނިސްބަތްވާ، އަންސަރާ އަހުމަދު އެ ސިޓީގައި ހުރި ބޭރު ޑޮކްޓަރަކަށް ދެއްކި އެވެ. ނަމަވެސް އޭރު ތައިރޮއިޑްގެ މައްސަލައެއް ކަމަށް ބުނެ ބޭސްތަކެއް ދިނުމަށް ފަހު ފޮނުވާލީ އެވެ. ބޭސް ކައިގެން ވެސް ރަނގަޅު ނުވެގެން އެކި ތަންތަނަށް ދެއްކި އެވެ. އެގޮތުން ލަންކާއަށް ދައްކައިގެން އޭރު ޓެސްޓްތަކެއް ހެދުމަށް ފަހު، އެންގީ ނުބައި ބޭސްތަކެއް ކައިގެން ކުރިމަތިވަމުންދާ ގޮތްތަކެއް ކަމަށެވެ.

އެ ވާހަކަތައް ސީއެންއެމްއަށް ކިޔައިދެމުން އަންސަރާ ބުނީ ތައިރޮއިޑްގެ މައްސަލަ ނެތި، އޭނާ ބޭސްތަކެއް ކެއުމުގެ ސަބަބުން އޭރު ކިޑްނީގެ މައްސަލަ ދިމާވިކަން އެނގުނީ 2019 ވަނަ އަހަރުގެ ޖެނުއަރީ 19 ގައި ކަމަށެވެ. އެކަން އެނގުނުއިރު ދެ ކިޑްނީ ވެސް މަސައްކަތް ކުރަނީ އެންމެ 14 އިންސައްތައަށެވެ. 

އަންސަރާ ބުނީ، ފާއިތުވެގެންދިޔަ ދެ އަހަރުގެ ތެރޭގައި އޭނާގެ ސިއްހަތަށް ވެސް ބޮޑެތި މައްސަލަތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އެހެންކަމުން، ވީހާވެސް އަވަހަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އާއިލާގެ އެންމެ މީހެއް ފިޔަވައި އެއްވެސް މީހަކާއި އޭނާގެ ކިޑްނީ ދިމާ ނުވާ ކަމަށެވެ. އާއިލާއިން އޭނާގެ ކިޑްނީއާ ދިމާވީ ބަލި މީހެއްގެ ކިޑްނީއާ ކަމުން، އެކަން ކުރެވެން ނެތްކަން ވެސް ހިތާމައާއެކު އޭނާ ފާހަގަކުރި އެވެ. 

އަންސަރާ ބުނީ އެހީގެ ޕޯސްޓްތައްކޮށްގެން ލިބުނު ފައިސާ އިން އެންމެ ފަހުން ބޭރަށް ގޮސް، ފިސްތޫލާ ލައްވާފައިވާ ކަމަށެވެ. އަދި މިހާރު ހަފްތާގެ ތިން ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ޑައިލަސިސް ހަދަމުން އަންނަ ކަމަށެވެ. 

ކޮންމެއަކަސް ފަރުވާއާއެކު ވެސް ކިޑްނީ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އޭނާއަށް ކިޑްނީ ދިމާވެފައިވާ މީހަކު މި ފަހުން ބައްދަލުވި އެވެ. އެހެން ނަމަވެސް އެމީހާ ކިޑްނީ ދެނީ ފަސް ލައްކަ ރުފިޔާއަށް ކަމުން، އެ ފައިސާ ހޯދުމަށް އެހީއަށް އެދެމުން އަންނައިރު އަންސަރާ ހުރީ ހިލޭ ސާބަހަށް ވެސް އޭނާއަށް ކިޑްނީއެއް ދިއްކޮށްލާނެ މީހަކު ދިމާވާނެ ކަމުގެ އުއްމީދުގަ އެވެ. އެގޮތަށް އެކަން ދިމާވެއްޖެ ނަމަ، ދެން އޭނާ ބޭނުންވާނީ އިންޑިއާއަށް ކިޑްނީ ޓްރާންސްޕްލާންޓަށް ގޮސް ހުރުމާއި ކެއުމުގެ ހަރަދަށް ބޭނުންވާ ފައިސާ އެކަންޏެވެ. އެއީ އާސަންދައިގެ ދަށުގައި ކިޑްނީ ޓްރާންސްޕްލާންޓް ހިމެނޭތީ އެވެ. 

އަންސަރާ ބުނީ ކޮވިޑް-19 އާ އެކު މި ދަނޑިވަޅުގައި އެންމެންގެ އަތްމަތި ވެސް ދަތިވާނެކަން އެނގޭ ކަމަށެވެ. އެހެންކަމުން، އޭނާއަށް ކިތަންމެ ކުޑަ މިންވަރަކުން އެހީތެރިވުމަކީ ވެސް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށާއި އަދި އެންމެންގެ ހެޔޮ ދުއާގައި އޭނާ ބައިވެރިކުރުމަށް އެދުނެވެ. 

ތިން ކުދިންގެ މަންމައެެއް ކަމަށްވާ، އަންސަރާ އާއި އޭނާގެ އާއިލާ މިވަނީ ވަރަށް ބޮޑަށް އާންމުންގެ އެހީއަށް ބޭނުންވެފަ އެވެ. 

އިތުރު މައުލޫމާތު: 

އެކައުންޓް ނަންބަރު: 7708505270101 (ރުފިޔާ) - އަންސަރާ އަހުމަދު

7770000031521 (ޑޮލަރު)

އިތުރު މައުލޫމާތު ހޯދުމަށް: 7203911 - އަންސަރާ އަހުމަދު

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

64%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް