ads
ޑރ. ނަޒްލާ ރަފީގް--
އިތުރު ވެކްސިނެއްގެ 5000 ޑޯޒް ވަނީ ލިބިފަ: ޑރ. ނަޒްލާ
އިތުރު ވެކްސިނެއްގެ 5000 ޑޯޒް ރާއްޖެއަށް ލިބިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު، ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ މިއީ ހެޔޮއެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާ ޑޯޒް ތަކެއް ކަމަށެވެ.

އެގޮތުން ހަދިޔާ ކޮށްފައިވާ މި ވެކްސިނަކީ ސައިނޯފާމް ވެކްސިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މި 5000 ޑޯޒް ލިބުނީ އިއްޔެ ކަމަށާއި، އަދި މި ވެކްސިންތައް ހުރީ ސްޓޯރޭޖުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ވެކްސިން ބޭނުން ކުރާނީ ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތާއި ޑޭޓާ ހޯދުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެކްސިން އެޕްރޫވް ކުރުމުން ކަމަށެވެ.

މީގެ އިތުރުން ކޮވެކްސް ފެސިލިޓީގެ އެލޮކޭޝަން ތަކުގެ ތެރެއިން ވަރަށް އަވަހަށް ވެކްސިން ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވަކި ތާރީހެއް ކަށަވަރު ވުމުން އެކަން އަންގާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް