ކުރީގެ ރައީސް މައުމޫން --
ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުމަށް މައުމޫން ގޮވާލައްވައިފި
09 ނޮވެންބަރ 2019 - 10:45:09
ކީރިތި ރަސޫލާ މުހައްމަދު (ސ.އ.ވ)ގެ ހަޔާތްޕުޅުން އެންމެހާ މުސްލިމުން އިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ހުރްމަތްތެރިކޮށް ހިއްތެވުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ފޮނުއްވި ހިތާބެއްގައި ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލުކޮށް ދިވެހިންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަ މަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި އަޒުމް އިތުރަށް ވަރުގަދަ ކުރަމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ކީރިތި ރަސޫލާގެ މަތިވެރި ސީރަތްފުޅަށް ނަޒަރު ހިންގާލައިފިނަމަ، އެކަލޭގެފާނުގެ އެންމެ ހާއްސަ ސިފަފުޅަކީ، އޯގާތެރިކަމުގެ ނުވަތަ ރަހުމަތު ނުވަތަ އެންމެންނަށްވެސް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވެގެން ދާނެ ކަމަށެވެ.
އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތް ކަަމަށާއި އެންމެންނަށްވެސް ރަހުމް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަމެއް ދޭންވީ ކީރިތި ރަސޫލާ ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުން ކަމަށެވެ.
"ވަކިން ހާއްސަކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުނާ އިހްސާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ،" ރައީސް މައުމޫންގެ ހިތާބުގައި ވިދާޅުވިއެވެ.
މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އެންމެހާ މުސްލިމުން އިބުރަތްތެރި ފިލާވަޅުތަކެއް ހާސިލް ކުރުން ކަމަށް ރައީސް މައުމޫންގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓުމުގެ އަޒުމް އާކޮށް އާލާކުރުމަކީ މިދުވަސް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް