ads
ޑރ. ނަޒްލާ ރަފީގް
ޑރ. ނަޒްލާ ވެކްސިން ޖައްސަވައިފި
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ވެކްސިން ޖެއްސެވުމަށްފަހު އެކަން ހާމަކުރައްވައި ޑރ. ނަޒްލާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، އަދި އާއިލާގެ ރައްކާތެރިކަމަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖަހާފައިވާ ކަމަށެވެ. އަދި މިކަމުގައި ފަރުދީ ޒިންމާ ނަގަންޖެހޭކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ، މުޖުތަމައުގެ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފަރުދީގޮތުން ކޮންމެ މީހެއްގެ ހިއްސާ އޮންނަ ކަމެއް ކަމަށެވެ. 

މީގެއިތުރުން ޑރ. ނަޒްލާ ވަނީ ކޮވިޑް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައި ޕޯޓަލްގައި ރަޖިސްޓާ ވުމަށް އެދިލައްވާފައެވެ. 

މިހާތަނަށް ރާއްޖެއިން ވެކްސިން ދީފައިވަނީ 43،817 މީހުންނަށެވެ. އެެއީ މާލެ ސަރަހައްދުން ވެކްސިން ދިން 35،289 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ދިން 8،429 މީހުންނާއި، ރިސޯޓް ތަކުގައި ވެކްސިން ދިން 99 މީހުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް