އެގޮތުން މޯލްޑިވްސް އޯޑިޒަމް ސެންޓަރާއި ޗައިލްޑް ޑިވެލޮޕްމަންޓް ކްލިނިކާއި ގުޅިގެން ހިލޭ ކްލިނިކްގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެ ހިދުމަތުގެ ދަށުން އެންމެ ތުއްތު ކުއްޖާއިން ފެށިގެން 14 އަހަރާ ދެމެދުގެ ކުދިންނަށް ވަނީ ފްރީ ސްކްރީނިންގެ ފުރުސަތު ހުޅުވާލާފަ އެވެ.
އަށް ކަމަކަށް ސްކީރިނިންގެ ފުރުސަތު ހުޅުވާލާފައި ވާއިރު އޭގެ ތެރޭގައި ސައިކޮލަޮޖިކަލް މައްސަލަ އާއި ހެދިބޮޑުމުގައި ދިމާވާ މައްސަލަ އާއި ވާހަކަ ދެއްކުމުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ފެނުމާއި އަޑު އިވުމުގެ މައްސަލަތައް ހިމެނެ އެވެ.
އަދި ސްކްރީން ކުރުން ކުރިއަށް ގެންދާނީ އެ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މެދުވެރިކޮށެވެ.
ފްރީ ކްލިނިކްގެ ހިދުމަތް ހޯދުމަށް މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު 7359033 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މޯލްޑިވްސް އޯޑިޒަމް އެސޯސިއޭޝަނަށް އަދި ޗައިލްޑް ޑިވެލޮޕްމަންޓް ކްލިނަކަށް އީމެއިލް ކޮށްގެން ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
މީގެ އިތުރުން އޯޑިޒަމް ދުވަހުގެ މުނާސަބަތުގައި ވަނީ ފަންޑްރައިޒިން އިވެންޓެއްވެސް ބާއްވަން ހަމަޖެހިފަ އެވެ.
އެ އިވެންޓުގައި ހެޔޮ އަގެއްގައި އެއްޗެހި ގަތުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.