ads
އިބްތިހާލް --
އިބްތިހާލުގެ ހަށިގަނޑުގައި ދުވަސްވީ ގިނަ ޒަހަމްތަކެއް ހުރި: ހެކި
ދެ ހާސް ފަނަރަ ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި މުހައްމަދު އިބްތިހާލްގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ގިނަ ވަގުތު ނުވާ ޒަހަމްތަކެއް ނުވާ ޒަހަމްތަކެއް ފެންނަން ހުރި ކަމަށް އެ މައްސަލައިގައި ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަކު ބުނެފި އެވެ.
Advertisement
ދެ ހާސް ފަނަރަ ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި މުހައްމަދު އިބްތިހާލްގެ ހަށިގަނޑުގައި ދުވަސްވީ ލަކުނާއި ގިނަ ވަގުތު ނުވާ ޒަހަމްތަކެއް ނުވާ ޒަހަމްތަކެއް ފެންނަން ހުރި ކަމަށް އެ މައްސަލައިގައި ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރަކު ބުނެފި އެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް ވެސް އާފިޔާ ވަނީ އިއުތިރާފު ވެފައެވެ.

މީގެއިތުރުން އާފިޔާ ވަނީ ތަހުގީގުގައި އިބްތިހާލު މަރާލި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން އޭނާ ވަނީ ބުދެއް ބޭނުން ކޮށްގެން އިބްތިހާލަށް ކުރި އަނިޔާތައް ޝަރީއަތުގައި ކިޔައިދީފައެވެ. އަދި އެ ތަހުގީގު ބަޔާން ޝަރީއަތަށް އިއްވުމުން އެ ބަޔާނަކަށް އޭނާ އިއުތިރާޒެއް ވެސް ނުކުރެއެވެ.

މިއަދު އޮތީ އެ ދެ މައްސަލާގައި ވެސް ހެކިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ވަނީ އާފިޔާއާ ދެކޮޅަށް ނުވަ ހެއްކެއް ޝަރީއަތަށް ހުށަހަޅާފައެވެ.

ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުނީ ކަންފަތާއި ކުރިމަތި ފަރާތް އަދި ކަރުގައި ގިނަ އިރުތަކެއް ނުވާ ޒަހަމްތަކެއް ހުރި ކަމަށެވެ. ފުލުސް މީހާގެ ހެކިބަސް ނަގާ ނިމުމުން އާފިޔާއަށް ވަނީ ފުލުސް މީހާއަށް ކުރާނެ އިތުރު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

މި މައްސަލާގައި ދެން ހުށަހެޅި ހެކިންނަކީ ވ. ރަކީދޫގައި ދިރިއުޅޭ މީހުން ކަމުން އެމީހުންނަށް އެރަށުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކި ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފައެވެ. ނަމަވެސް ރަކީދޫގައި އެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ ސަރަހައްދުގެ ކޮން ކޯޓެއްގައިތޯ ބަލާނެ ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހު ފަހުކޮޅުގައި ކަމަށެވެ. އަދި އެ ދުވަހު ދެން ހުރި ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް