ads
އޭއާރު ރަހްމާން--
ހިންދީން ވާހަކަ ފެށުމާއެކު އޭއާރު ރަހްމާން ސްޓޭޖުން ފައިބައިފި
ބޮލީވުޑުގެ ލަވަކިޔުންތެރިޔާ، އޭއާރު ރަހްމާނަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރި އެކެވެ.

މިފަހަރު އޭނާގެ ނަން މީޑިއާއަށް އަރާފައި މިވަނީ ލަވައަކުން ނޫނެވެ. އެކަމަކު ސްޓޭޖްގައި ހުއްޓާ ހިންދީން އެންކަރު ސުވާލުކުރުމުން، "ހިންދީ" ހެއްޔޭ ބުނެފައި ސްޓޭޖުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އަދި ސްޓޭޖުން ފައިބާ އެ އިވެންޓުގައި ގޮނޑިބަރި ބަހައްޓާފައި ހުރި ތަނުގައި އޭނާ އިށީންދެގެން އިން މަންޒަރު ފެނިގެންދެ އެވެ. 

އެ ކަމަށް މާގިނަ އިރެއް ނުވެ ސްޓޭޖަށް އަރާއި އޭނާ ވަނީ "އެއީ މަޖަލަކަށް" ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

އެކަމަކު ފާޑުކިޔުންގެ އަމާޒު ވެސް މިހާރު މިވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ހިންދީ ފިލްމަށް މިއުޒިކް ތައްޔާރުކުރުން ހުއްޓާލަންވީ ނޫންތޯ ސުވާލުކޮށް ފާޑުކިޔެވެ. 

މިއުޒިކް ކޮމްޕޯސްކުރުމުގެ އިތުރުން ލަވަ ޕްރޮޑިއުސްކުރުމުގައި އުޅޭ އޭއާރު ރަހްމާންގެ އެންމެ ފަހުގެ މަސައްކަތަކީ ސުޝާންތު ސިންގް ރާޖުޕުތު އެންމެ ފަހުން ފެނިގެންދާ ފިލްމު، "ދިލް ބެޗާރާ" އެވެ. އެ ފިލްމުގެ މިއުޒިކް ކޮމްޕޯސްކޮށްފައި ވަނީ އޭނާ އެވެ. އެކަމަކު ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. 

މިއުޒިކީ އާއިލާއަކަށް އުފަން ރަހްމާން ފުރަތަމަ ފަހަރަށް ފިލްމަކަށް ލަވައެއް ކިޔާފައި ވަނީ 1990 ވަނަ އަހަރެވެ. އެއީ ތަމަޅަ ފިލްމު، ރޮޖާއަށެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކަށް ލަވަކިޔާފައެވެ. އެގޮތުން އޭނާ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، "ޖޭ ހޯ" އާއި "ލުއްކާ ޗުއްޕީ" އަދި "ދިލް ސޭ ރޭ" އާއި" ޗައްޔަ ޗައްޔަ" އާއި "މާހީ ވޭ" އަދި "ތޭރޭ ބިނާ" ފަދަ ލަވަތައް ހިމެނެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް