ads
ޑރ. ނަޒްލާ ރަފީގް
ފުރިހަމަ ފައިދާ ލިބޭނީ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހީމަ: ޑރ. ނަޒްލާ
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އެންމެ ރަނގަޅީ 8 ހަފްތާ ފަހުން ކަަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ބައެއް ބޭފުޅުން އަށް ހަފްތާވުމުގެ ކުރިން ވެކްސިން ޖެހަން ބޭނުންވެގެން އުޅޭ ކަމަށެވެ. 

އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށިއިރު މައުލޫމާތު ދެވިފައިވަނީ ދެވަނަ ޑޯޒް ޖަހާނީ ހަތަރު ހަފްތާ ފަހުންކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ، މި ވެކްސިނަކީ ވަރަށް އަލަށް ޖަހަމުން އަންނަ ވެކްސިނެއް ކަމުން އޭގެ އަސްލު ނަތީޖާ ނިކުންނާނެ ގޮތްތައް އެގެން ފަށަނީ ވެކްސިން ޖަހަން ފެށުމުން އެ ތަޖުރިބާގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެ ނަތީޖާތަކަށް ބަލާއިރު، ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށްވުރެ އަށް ހަފްތާ ކޮށްފަ ދެވަނަ ޑޯޒް ޖަހަން ފެށުމުން ވެކްސިނުން ލިބޭ ރައްކާތެރިކަން އިތުރުކަން ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

"އެހެންވީމަ އަށް ހަފްތާވީމަ އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހީމަ އެމީހާއަށްވެސް އަދި މުޅި މުޖުތަމައުއަށް ލިބޭ ރައްކާތެރިކަން ބޮޑީވެސް. އަށް ހަފްތާގެ ކުރިން އަޅުގަނޑުމެން ދެވަނަ ޑޯޒެއް ޖަހާނީ ވަރަށް ހާއްސަ ހާލަތެއް ދިމާވެގެން އެކަން ވެރިފައި ކުރުމަށްފަހު އެކަނި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޢޭގެ ތެރޭގައި ބޭސް ފަރުވާއަަކަށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނާއި ރާއްޖޭން ބޭރުގައި ކިޔަވަންތިބޭ ކުދިން އަބުރާ ދިޔުމަށްޓަކައި ވެކްސިން ޖަހަންޖެހޭ ފަހަރުތަކުގައި ދެވަނަ ޑޯޒް އޭގެ ކުރިން ޖަހާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް އާއްމު ހާލަތްތަކުގައި ދެވަނަ ޑޯޒް ޖަހަމުންދާނީ އަށް ހަފްތާ ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށް އައުމަށް އެދޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ދެވަނަ ޑޯޒް ޖެހުމަށް އޮންނަ މުއްދަތަކީ އަށް ހަފްތާއާއި 12 ހަފްތާކަމަށް ވީނަމަވެސް އަށް ހަފްތާ ވުމުން ވީހާވެސް އަވަަހަށް ދެވަނަ ޑޯޒް ލިބިގަތުމަށް އިލްތިމާސް ކުރާކަމަށެވެ. އެއީ އަށް ހަފްތާގެ ފަހުން ގިނަދުވަސް ވާވަރަކަށް އެންޓި ބޮޑީ ރެސްޕޮންސް ދަށްވަމުންދާނެތީ ކަމަށާއި މާ ގިނަ ދުވަސް ދެ ޑޯޒް ދޭތެރޭގައި ވެއްޖެނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް