ads
އަލީ ސާލިހު: ފޮޓޯ ވީ ނިއުސް
އިންޓަނެޓް އަގުހެޔޮކުރުމުގެ ވައުދު ފުއްދި، އަގުތައް ވަނީ އަތްފޯރާފަށުގަ: އަލީ ސޯލިހު
ސަރުކާރުގެ އިންޓަނެޓް އަގުހެޔޮކުރުމުގެ ވައުދު ފުއްދިއްޖެ ކަމަށާއި އިންޓަނެޓުގެ އަގުތައްވަނީ އަތްފޯރާފަށަށް ތިރިކުރެވިފަ ކަމަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެ އެެވެ.
Advertisement

ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ، ހަމައެކަނި ރައްޔިތުންގެ ކަންބޮޑުވުންހުރީ އިންޓަނެޓް އަގުހެޔޮވުމަށް ނޫންކަމަށާއި އެހެންދިމަދިމާއަށް ވެސް ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެއެވެ. އަދި އެކަން ކަން ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. 

އިންޓަނެޓް އަގުހެޔޮ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެކަމަށްޓަކައި ކުރިން ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އަދި، މިހާރު އިތުރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. 

އެގޮތުން އެ އަމާޒު ހާސިލުކުރެވިފައިވާ ކަމަށް ބުނެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

"އެހެންކަމުން އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެގެން އާއިރު އިންޓަނެޓަށް ރައްޔިތުން ކުރާހަރަދާއި މިއަދު ކުރާ ހަރަދު އަޅާ ކިޔާލަންޖެހޭ. އެކިގޮތްގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އިންޓަނެޓުގެ އަގަށް މިއަދު މިވަނީ ހެޔޮ ބަދަލެއް އާސްފަ. އަޅުގަނޑު ހެޔޮ ބަދަލެކޭ މިދެންނެވީ މިއަދު އަޅުގަނޑުމެންނަށް ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަލިބޭ. މި ރޯދަމަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް. ފަސް ރުފިޔާއަށް ލިބޭ ވާހަކަ މިބުނީ. 1000 ރުފިޔާއަށް ވިއްކާ ޕެކޭޖެއްގަ އިންނަނީ 30 ރުފިޔާގެ ޑާޓާ ކަމަށްވަންޏާ. 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ވަރަކަށް މިއަދު އެބަލިބެޔޭ 1000 ރުފިޔާއަށް 180 ރުފިޔާއަށް މާނައަކީ ފަސް ރުފިޔާ ބަޔަށް" އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ އަޅާކިޔަންޖެހޭ އެހެން ގައުމުތަކާއި އަޅާކިޔާއިރުވެސް ރާއްޖެއަށް އޮތީ ބޮޑު ކުރިއެރުމެއް ހޯދިފައި ކަމަށެއެވެ. އެހެންކަމުން އަލީ ސޯލިހް ވިދާޅުވީ، ރައީސް ސޯލިހުގެ އިންޓަނެޓް އަގުހެޔޮ ކުރުމަށް ވީ ވައުދު މިއަދު ފުއްދާދެވިފައިވާކަމަށެވެ. އަދި އަގާއިއެކު ދެންހުރި ކަންކަމަށް ވެސްބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އިންޓަނެޓް އަގުހެޔޮކުރުމުގެ ވައުދު ފުއްދި އިންޓަނެޓުގެ އަގުތައްވަނީ އަތްފޯރާފަށަށް ތިރިކުރެވިފަ ކަމަށް އަލީ ސޯލިހް ވިދާޅުވިއިރު، އިންޓަނެޓުގެ ހިދުމަތަކީ އާއްމުންގެ ބޮޑު ކަންބޮޑުވުން އޮތް ކަމެެކެވެ. އިންޓަނެޓްގެ އަގުތައް ދަށްނުވުމާއި ސްޕީޑް ދަށްވުން މިއީވެސް އާއްމުންގެ ބޮޑެތި ޝަކުވާތައް ހުރި ކަންކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
76%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް