ads
ތ.ވޭމަންޑޫ --
ވޭމަންޑޫން މިހާތަނަށް 50 ޕޮޒިޓިވް ކޭސް ފެނިފައިވޭ
ތ. ވޭމަންޑޫއިން މިހާތަނަށް 50 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިމަހު ނުވައެއްގައި ވޭމަންޑޫން ފުރަތަމަ ދެ ކޭސް ފެނުން ފަހުން މިހާތަނަށް ޖުމުލަ 50 ކޭސް ފެނިފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުވެސް ނުވަ މީހަކު އަދި އިއްޔެ 12 މީހަކު ވޭމަންޑޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވޭމަންޑޫން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލިވެގެން އެރަށުން މާލެ ގެނައި ދެމީހުންނެވެ. މި ދެމީހުންނަކީވެސް ބަލިވެގެން ހޮސްޕިޓަލުގައި އެއް ވޯޑެއްގައި ފަރުވާ ދެމުން އައި ދެމީހުން ކަމަށް ވޭމަންޑޫ ކައުންސިލުން މީގެ ކުރިން ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ.

މި ކްލަސްޓާއާއި ގުޅިގެން އެއަތޮޅުގެ އިތުރު ދެރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ އެއަތޮޅު މަޑީފުށި އަދި އޮމަދޫ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް