ads
އިބްރާ ---
ރައްޔިތުން ނިންމި ކަމެއް މަޖިލީހަށް ބަދަލެއް ނުކުރެވޭނެ: އިބުރާ
ރައްޔިތުން ނިންމި ކަމެއް މަޖިލީހަށް ބަދަލެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސްް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބްރާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިގެންނެވެ. 

އެގޮތުން މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އަށް ވޯޓު ދިނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން ކަމަށް އިބުރާ ވިދާޅުވިއެވެ. އަދި ވޯޓު ދިނީ ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅޭކަށް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ނަމަ އަލުން ޖެހޭނީ މަޖިލީހެއް ހޮވަން ކަމަށާއި، މިހާރުގެ މަޖިލީހުގައި ވަޒީރުކަން ހަވާލު ކުރެވޭ ވަރުގެ މީހެއް ނެތް ކަމަށް އިބްރާ ވިދާޅުވިއެެވެ.

މީގެ އިތުރުން ރައްޔިތުންގެ ނިންމުމެއް މަޖިލީހަށް ބަދަލެއް ނުކުރެވޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ނަޝީދު އުޅުއްވަނީ ހައިސިއްޔަތު އޮޅިގެން ކަމަށް ވިދާޅުވިއެވެ. އަދި ނަޝީދަކީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން މަޖިލީހުގައި އިންނަވާ ބޭފުޅެއް ކަމަށް އިބްރާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައީސް ނަޝީދު މެސެޖަކުން ރައީސް ސޯލިހުގެ އަރިހުގައި ވަނީ އެދިފައެވެ. 

އެ މެސެޖުގައި ރައީސް ނަޝީދު އެދިފައިވަނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށްވެސް އެދިފަައިވެއެވެ. 

މިކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ފޮނުވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ މިހިގަމުންދާ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް