މިފަހުން ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ސީޒަން ވަނީ “ކުރިއާ އަޅާބަލާއިރު މިހާރު ފިލްމީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާބެހޭ ގޮތުން ދާއިރާގައި ގިނަ ދުވަސްވީ މަޝްހޫރު ފަންނާނެއްގެ ހައިސިއްޔަތުން ދެކެނީ ކިހިނެތްތޯ؟” ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ސީޒަން ބުނީ މިހާރު ފަންނާނުންގެ ޑިސިޕްލިން އެއްވެސް ވަރަކަށް ނެތްކަމަށް ކަމަށެެވެ.
ފަންނާނުންގެ ޑިސިޕްލިން ނެތްކަމަށް ބުނަނީ “އެއީ އުޅުމެއް ނެތުންތޯ؟”ސީޒަން ކައިރީ އެހުމުން ފަހުން ބުނެފައިވަނީ ޑިސިޕްލިން ނެތް ކަމަށް އިޝާރާތް ކުރަނީ ވޯކް ޑިސިޕްލިންނަށް ކަމަށެެވެ.
ސީޒަން ވަނީ “ދިވެހިންގެ ނުހުންނަ އެއްޗެެއް ފިލްމީ ފަންނާނުންގެ ވެސް ނުހުންނާނެ ނޫންތޯ؟” ސުވާލުއުފައްދާފައެވެ. މިސާލަކަށް ނަގާފައިވަނީ ރައްޔިތުންނަށް މިސާލުދައްކަންޖެހޭ ގައުމު ހިންގަން ތިބިމީހުން ދެ ދުވަހުން އެއްދުވަހު ކޮންމެވެސް އަންހެން ކުއްޖެއްގެ މައްސަލާގައި ގައުމުން ފިލާގެންދާ ދިޔުމަށެވެ.
ސީޒަން ބުނީ ފިލްމު ކުޅުމަކީވެސް މަސައްކަތެއް ކަމަށާއި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްވެސް ނޫންކަމަށެވެ. ގިނައީ ސައިބޯނި ބޮތްކެތްހެން ފަޅައިގެންދާ ފަންނާނުންކަން ފާހަގަކުރަމުން ސީޒަން ބުނީ، އެއީ ހުނަރު ނެތިގެން ނޫންކަމަށާއި، އެ އެފާޓު ހަމަ ނުލެވެނީ ކަމަށެވެ.
ސީޒަން ބުނީ އަމިއްލަ ކަންކަން މުހިންމުވުމުން މަސައްކަތައް ދޭންޖެހޭ އަހުމިއްޔަތުކަން ނުދެވެނީ ކަމަށެވެ. އަދި އޭނާ އެވާހަކަތައް އިޝާރާތްކުރަނީ ހުރިހާ ފަންނާނުންނަަށް ނޫންކަމަށާއި، އެހެންނަމަވެސް މިހާރު ގިނަ ބަޔަކު އުޅެނީ އެހެންކަން އޭނާ ފާހަގަކުރިއެވެ.