ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 163 މީހަކު ޕޮޒިޓިވެފައިވަނީ މާލެއިން ކަމަށެވެ. އަދި އަތޮޅުތަކުން 143 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. ސަފާރީތަކުން އަށް މީހަކު ޕޮޒިޓިވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 69،536 އަށް އަރާފައިވާއިރު ބަލި ރަނގަޅުވި މީހުންގެ އަދަދު ވަނީ 55،055 އަށް އަރާފައެވެ.
މިވަގުތު ހޮސްޕިޓަލްތަކުގައި 115 މީހަކަށް ފަރުވާދެމުން ދެއެވެ.
މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ.
މޭ މަހު ކޮވިޑްގެ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔަ ނަމަވެސް މިހާރު ކޭސްތަކުގެ އަދަދު ދަނީ މަޑުމަޑުން ދަށް ވަމުންނެވެ.