ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ
މާލެއިން ޕޮޒިޓިވްވާ މީހުން މަދުވަނީ ޓެސްޓުކުރާ އަދަދު މަދުވެގެން ހާމަވެއްޖެ
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަނީ ޓެސްޓު ކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވުމުންކަން ހާމަވެއްޖެއެވެ.
Advertisement

މީގެ މަހެއްހާ ދުވަސް ކުރިއަށް ބަލާއިރު މާލެއިން ޕޮޒިޓިވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ތަފާސްހިސާބުން ދައްކާގޮތުގައި އެ ދުވަސްވަރު 700 އަށް ވުރެ މަތީގައި ހުރި ކޭސްތައް މިހާރު ވަނީ 50 އަށް ތިރިވެފައެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މާލެއިން ކޮވިޑަށް ޓެސްޓުކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. 

މަބްރޫކް އާންމުކުރެއްވި ތަފާސްހިސާބުން ދައްކާގޮތުގައި މި މަހުގެ 13 ވަނަ ދުވަހު މާލެއިން 116 މީހުން ޕޮޒިޓިވްވީ އިރު ޓެސްޓުކޮށްފައިވަނީ 1166 މީހުންނެވެ. ޖެހިގެން އައި 14 ދުވަހު ޓެސްޓުކުރި 1880 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 125 މީހުންނެވެ. މި މަހުގެ 15 ވަނަ ދުވަހު 105 މީހުން ޕޮޒިޓިވްވެފައިވަނީ 1482 މީހުން ޓެސްޓުކޮށްގެންނެވެ.

މި މަހު 16 ވަނަ ދުވަހު މާލެއިން ޕޮޒިޓިވްވި 90 މީހުން ޕޮޒިޓިވްވި އިރު ޓެސްޓްކޮށްފައިވަނީ 1471 މީހުން ނެވެ. 17 ވަނަ ދުވަހު 1284 މީހުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވީ 116 މީހުންނެވެ. އަދި 18 ވަނަ ދުވަހު 1401 މީހުންގެ ތެރެއިން ޕޮޒިޓިވްވީ 88 މީހުންނެވެ. 

މި އަދަދުތަކަށް ބަލާއިރު މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވިނަމަވެސް އަދަދުތައް މަދުވާން މެދުވެރިވީ ޓެސްޓުކުރާ މީހުންގެ އަދަދު މަދުވުމުންކަން ހާމަވެއެވެ.

ޓެސްޓުކުރާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ފްލޫ ކްލިނިކްތަކަށް ގޮސް ޓެސްޓުކުރާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމުން ޑައިރެކްޓް ކޮންޓެކްޓުން މަދުވުމުން ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް މަގުމަތީގައި ރެންޑަމް ސާމްޕަލް ނަގަން މިހާރު ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް