ads
އަލީ ސީޒަން——ފޮޓޯ: ދޯ
ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާއި ލޯބީގެ ގޮތުން ނުގުޅެން: ސީޒަން
ސީޒަންއަކީ ހަމަގައިމުވެސް ފިލްމީ ދާއިރާގައި ބޮޑު ފޭން ބޭސްއެއް އޮންނަ މަޝްހޫރު ފަންނާނެކެވެ. އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ހައިސިއްޔަތުންވެސް ސީޒަންގެ މަސައްކަތްތައް ފާހަގަކުރެވެއެވެ.
Advertisement

މިފަހުން އިންޓަވިއުއެއްގައި " ފިލްމު އިންޑަސްޓްރީގެ ކިތަށް މީހުންނާއި ލޯބީގެ ގޮތުން ގުޅުނިންތޯ؟" ސުވާލުކުރުމުން ސީޒަން ބުނެފައިވަނީ އެއްވެސް މީހަކާއި ނުގުޅެން ކަަމަށެވެ. 

ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާއި ލޯބީގެ ގޮތުން ނުގުޅޭ ކަމަށް ސީޒަން ބުނިނަމަވެސް ފިލްމީ ތަރި ނިއުމާ މުހައްމަދު އާއި އޮތް ލޯބީގެ ގުޅުމުގެ ވާހަކައަކީ ވަރަށް އަޑުގަދަކޮށް ދެކެވުނު ވާހަކައެކެވެ. އެކަމަށް ދެމީހުން ވަނީ މީގެ ކުރިން އެއްބަސްވެސް ވެފައެވެ. އަދި ފަހުން ދެމީހުން ކައިވެނިވެސް ކުރިއެވެ. އެޔަށްފަހު ދެމީހުން ވަނީ ފަހުން ވަކިވެފައެވެ. 

މިފަހުން ދެމީހުން އެކީގައި ދިން އިންޓަވިއުއެއްގައިވެސް ވަނީ ދެމީހުންގެ އޭރުގައި އޮތް ގުޅުމުގެ ވާހަކަދައްކާފައެވެ. 2000ގައި ދެމީހުންގެ ގުޅުން ފެށުނުއިރު، ދެމީހުން އެކުގައި ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރިއެވެ. އެދުވަހުގެ އިންޓަވިއުގައި ސީޒަން ބުނެފައިވަނީ، ދެމީހުންގެ ގުޅުން ފެށުނީ "ލައިފްގެ ވަރަށް ސެންސެޓިވް ޕޮއިންޓެއްގައި ދެމީހުން ތިއްބާ" ކަމަށެވެ. ސީޒަން ބުނީ އެކަންވީ ނޭގުމެއްގެ ތެރޭގައި ކަމަށެވެ. 

އަދި ނިއުމާ އާއިއެކު ކައިވެނީގެ ގޮތުން ގުޅިގެން އުޅުނުއިރު ދެމީހުންނަށް ވަގުތު ހޭދަކުރެވުނީ އެކަކު އަނެކަކަށްވުރެ ބޮޑަށް ފިލްމީ މަސައްކަތަށް ކަމަށް ސީޒަން ވަނީ އޭރު ބުނެފައެވެ. އަދި އޭރު ގުޅުން ކުރިއަށް ނުގެންދެވުނީވެސް އެހެންވެ ކަމަށް ދެކޭކަމަށް ސީޒަން ބުނެއެވެ. 

ސީޒަންއާއި ނިއުމާގެ ގުޅުން 2000ގައި ފެށުނު ނަމަވެސް ފުރަތަމަ ދެމީހުން ދިމާވެފައިވަނީ 1997 ގައި ކަމަށް ދެމީހުން ބުނެއެވެ. 

76%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް