ads
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ---
އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ނޭނގެ، މި މަސްތެރޭ ލިބޭނެ: ޑރ. ނަޒްލާ
އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ސީދާ ދުވަހެއް އަދިވެސް ނޭނގެ ކަމަށާއި ބެލެވެނީ މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށް އެޗްއޯއީސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދުގައި އެކަށީގެންވާ މިންވަރަކަށް ވެކްސިން ލިބޭނެ ކަމަށެވެ.

އެޗްއޯއީސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ކަމަށް ކުރިން ދީފައިވާނީ އެސްޓިމޭޓް ތާރީހެއް ކަމަށެވެ. 

އަދި މިހާތަނަށް ވެސް ވެކްސިން ލިބޭނެ ސީދާ ދުވަހެއް ޔަގީން ވެފައިނުވާ ކަމަށާއި ނަމަވެސް މި މަސް ނިމުމުގެ ކުރިން ވެކްސިން ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ ވެކްސިން ޝިޕް ކުރުމުގެ މަސައްކަތް ކަމަށާއި ފްލައިޓް ހަމަޖެހުމާއެކު ޔަގީން ތާރީހެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެެއްވިއެވެ.

މީގެ އިތުރުން ރަޝިއާ އިން ގެންނަ ސްޕަޓްނިކް ވެކްސިންގެ އެއްބަސްވުމުގައި މިހާތަނަށް ވެސް ސޮއިކުރެވިފައިނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަޒްލާ ވިދާޅުވީ އެ ވެކްސިން އާ ގުޅޭ އެއްބަސްވުމާ ގުޅޭ ކަންކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.

އެސްޓްރަޒެނެކާ ސިންގަޕޫރު މެދުވެރިކޮށް ގެންނަން އުޅޭ ހަތް ލައްކަ ޑޯޒްގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޑިސެމްބަރުމަހު އެވެ.

ސިންގަޕޫރުން ގެންނާނެ ކަމަށް ބުނާ 700،000 ޑޯޒް ވެކްސިނުގެ އެއްބަސްވުމާ ބެހޭ މާ ގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައެެއް ނުވެ އެވެ. އެގޮތުން އެ ވެކްސިން ޑޯޒްތައް ގަންނަނީ ކޮން އަގަކަށް ކަމާއި ރާއްޖެ އަށް ފޮނުވައި ނިންމަން އެއްބަސްވީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް ވެސް ނުބުނެ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފޯމް އަދި އެމެރިކާގެ ފައިޒާ ވެކްސިނެވެ. އަދި ރަޝިއާގެ ސްޕަޓްނިކް-ވީ އާއި ސިންގަޕޫރްގެ އެސްޓްރަޒެނެކާ އާއި އެމެރިކާގެ ޖޯންސަން ވެކްސިން އަށް ވެސް ރާއްޖެ އިން ހުއްދަ ދީފައި ވީ ނަމަވެސް މިހާތަނަށް ވެކްސިން ލިބިފައެއްނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް