ads
ޑރ. ނަޒްލާ
އެންމެ މުހިންމީ ވެކްސިން ޖެހުން: އެޗް އީ އޯސީ
ކޮވިޑްބަލީގައި ހޭދަކުރި ހިތާމަވެރި ދޮޅުއަހަރެއްހާދުވަހަށްފަހު މިހާރު އެންމެ އިސްކަމެއްދޭންވީ ވެކްސިން ޖެހުމަށްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސެންޓަރު(އެޗްއީއޯސީ)ން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވޭތުވި ދޮޅުއަހަރުގެ މުއްދަތުގައި އެތައްބަޔަކު މިބަލީގައި މަރުވެފައިވާކަމަށާއި އަދި ބަލިޖެހުމުގެ ސަބަބުން އެތައް ވޭނެއްގައި އެތައް ބަޔަކު އުޅެފައިވާ ކަމަށެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށްޓަކައި މިހާރު ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ވެކްސިން ފުރިހަމަކުރުން ކަމަށެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްބަލީގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު އައުޓްބްރޭކެއްގައި އުޅުމަށްފަހު މިހާރު ކަރަންޓީނުގައިވެސް އޮތީ އެންމެ 12 ރަށް ކަމަށައި، އެހެންކަމުން މިވަގުތަކީ ކޮވިޑްގެ ވެކްސިން ފުރިހަމަކޮށް އާންމު ހާލަތަކަށް އަޅުގަނޑުމެން ބަދަލު ވުމަށް ލިބިފައިވާ ރަނގަޅު ފުރުސަތެއްކަމަށެވެ. 

ވޭތުވި ދޮޅުއަހަރެއްހާދުވަހަކީ ސްކޫލްތަކުގެ ކިޔެވުން ބަންދުވެ، ގޭބަންދުވެގެން ވަރަށްގިނަމީހުން ދިގުމުއްދަތަކަށް ތިބެން ޖެހުނު ދުވަސްކޮޅެކެވެ. އޭގެ އިތުރުން 200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައްބަޔަކު ބަލީގެ ވޭނުގައި އުޅުނު ދުވަސްތަކެކެވެ. އަދި ގިނަބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހޯދުމުގެ މަގުބަންދުވެގެން ދިޔައެވެ. ގާތްތިމާގެ މީހުންނާ ބައްދަލު ކޮށްލުމުގެ ފުރުސަތުގެއްލިގެން ދިޔައިރު ، އިޖްތިމާއީ ނޭދެވޭ އެތައް ކަމެއްވެސް މިބަލިމަޑުކަމުގެ ތެރޭގައި ހިނގާފައިވެއެވެ.

ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް އިބަރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުނަށް ވެކްސިން ޖެހުމަށް އަމާޒު ހިފާފާއިވާކަމަށް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް