
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވެކްސިން ޖެހި 4,889 މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 1،492 މީހުންނެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ 3،397 މީހުންނެވެ.
މީގެތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުން ޖަހާފައިވަނީ 860 މީހުންނެވެ. އަދި އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 632 މީހުންނެވެ.
އަދި ވެކްސިންގެ ދެވަނަ ޑޯޒު މާލެ ސަރަހައްދުން ޖަހާފައިވަނީ 1،298 މީހުންނެވެ. އަދި އަތޮޅު ތެރެއިން ދެވަނަ ޑޯޒް ޖަހާފައިވަނީ 2،099 މީހުންނެވެ.
އެއާއެކު ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 325،060 އަށް އަރާފައެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 274،949 އަށް އަރާފައެވެ.
ގިނަ ބަޔަކު ވެކްސިން ޖަހަމުންދިޔަ ނަމަވެސް އަތޮޅުތަކުގައި ބަލި ފެތުރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް އަތޮޅުތަކުން 91 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.