ads
ވާޝިޔާ…
ވާޝިޔާ އާ ހެދި ނޫޅޭ! ސިންގަލް އެއް ނޫން!
ބައިސްކޯފްގެ “ތިން ބިބީ” އިން ފިލްމީ ދާއިރާއަށް ނުކުތް ވާޝިޔާ މުހައްމަދު މިވަގުތު ސިންގަލް ނޫންކަން ހާމަކޮށްފިއެވެ.

ވާޝިޔާގެ އިންސްޓަގްރާމް ސްޓޯރީގައި ހުޅުވާލި “އާސްކް މި އަ ކުއެއްޝަން” އަށް ގިނަ ބަޔަކު ސުވާލު ކުރަމުން ދާއިރު އޭނާގެ ސްޓޯރީއަށް މެސެޖްކުރި މީހަކު ވަނީ އެމީހަކާއެކު ޑޭޓަކަށް ދެވިދާނެތޯ އަހާފައެވެ.

އޭގެ ޖަވާބުގައި ވާޝިޔާ ބުނެފައިވަނީ އޭނާ މީހަކާ ރައްޓެހިވެ ހުރެ ޑޭޓަކަށް ނުދެވޭނެ ކަމަށާއި އެހެން ނަމަވެސް ރައްޓެއްސެއްގެ ހައިސިއްޔަތުން ފަހުން ކޮފީ އަކަށް ދެވިދާނެ ކަމަށެވެ. 

25 ހާހަށް ވުރެއް ގިނަ ފޮލޯވާރސް ތިބި ވާޝިޔާ އަށް ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ އިރު އޭނާގެ ފިލްމީ މަސައްކަތްތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

your imageވާޝިޔާގެ އިންސްޓާގްރާމް ސްޓޯރީގައިވާ ދެ ސުވާލަކާއި ޖަވާބު…

މީހަކު ކުރި ސުވާލަކާއި ގުޅިގެން މިހާތަނަށް ކުޅެވުނު އެންމެ ހިތް ހަމަޖެހުނު ފިލްމަކީ ނިއުމާ މުހައްމަދުގެ “ކަޅަކި” ކަމަށް ވާޝިޔާ ބުނެފައިވާއިރު އޭނާ ވަނީ ދިވެހި ގިނަ ޑައިރެކްޓަރުންގެ ފެވަރިޓަކަށް ވެފައެވެ. 

މޮޑެލް ކުރުމުގެ އިތުރުން އިޝްތިހާރުވެސް ކުޅެމުން އަންނަ ވާޝިޔާ ގެ ފާހަގަ ކޮށްލެވޭ ޑްރާމާތަކަށް ބަލައިލާ އިރު “ގަމިނި”، “ފުރަބަންދު” އަދި “ހުވާކޮށްފާބުނަން” ހިމެނެއެވެ.

އޭނާގެ މުހިއްމު ރޯލެއް ފެންނާނެ ފިލްމު “ހެހެސް” ވެސް އޮތީ މީޑިއާނެޓް މަލްޓި ސްކްރީނަށް އަންނަން ތައްޔާރުވެފައެވެ. 

17%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް