އެ ތިން ފަންނާނުން އެކުގައި ފެންނާނީ އައި ފިލްމްސް ގެ ފަރާތުން ހަދާ “ބިރުވެރި ވާހަކަ” ގެ އަށް ވަނަ އެޕިސޯޑުންނެވެ.
“ބިރުވެރި ވާހަކަ އަކީ ކާމިޔާބު ފިލްމް “ބަވަތި” ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ޑައިރެކްޓްކުރާ ސީރީޒެކެވެ.
ރިޝްމީ އާއި ސޮބާ އަދި އަޒޭ އެކުގައި ނަގާފައިވާ ފޮޓޯ އެއް އިއްޔެ ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ވެސް ކޮށްފައެވެ. އަދި އެ ފޮޓޯގައި “އަހަރުން ތިން މީހުން ވަރަށް ޒަމާންކޮށްފައި އެކީގައި” ކަމަށް ޖަހާފައިވެއެވެ.
ބޮޑަށް ވީޑިއޯ ލަވަތަކުން މަޝްހޫރުކަން ހޯދި މި ތިން ފަންނާނުން ވެސް މީގެ ކުރިން ވަނީ އެކުގައި މަސައްކަތްތަކެއް ކޮށްފައެވެ.
ރިޝްމީ ފިިލްމީ ދާއިރާއަށް ތައާރަފް ވެގެން އައި އިރު ސޮބާ އާއެކު ގިނަ ލަވަ ތަކަކުން ފެނުނުކަން ފާހަގަ ކޮށްލެވެއެވެ.
އަޒޭ އާއި ރިޝްމީ އެކުގައި ގިނަ މަސައްކަތްތަކެއް ކުރީ އެދެމީހުންގެ ކައިވެންޏާއި އެކުގައެވެ. ގިނަ ފިލްމު ތަކުންނާއި ލަވަތަކުން އެ ދެ ފަންނާނުން ބެލުންތެރިންގެ ހިތް ދަމައިގަތެވެ. އިނދެގެން ގިނަ އަހަރު ތަކަކު އުޅުމަށްފަހު ވަރިވީއިރު ރިޝްމީ އާއި އަޒޭގެ ފިރިހެން ދަރިއެއް ވެސް ހުރެއެވެ.