ads
އާޝާ އާއި ރޯމަން…
ޑާކްރެއިންގެ "ގިރިޓީ ލޯބި" ދައްކާނީ ބައިސްކޯފުން!
ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދަމުންގެންދާ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި" ގެ އެޕިސޯޑުތައް ސްޓްރީމްކުރާނީ ބައިސްކޯފުން ކަމަށް އެ ޑްރާމާގެ ޓީމުން ބުނެފިއެވެ.

ޑާކްރެއިންގެ ފިލްމުތައް ޕްރޮޑިއުސްކުރާ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކުރާ އެ ސީރީޒާ ބެހޭގޮތުން މޮގާ ބުނީ، ސީރީޒް ދެއްކުމަށް ނިންމާފައިވަނީ ބައިސްކޯފުގައި ކަމަށާއި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ސީރީޒް ބަލައިލަން ލިބޭވަރު ވާނެ ކަމަށެވެ.

އެ ސީރީޒަކީ ލޯބީގެ އަދި ހެއްވާ މަންޒަރުތަކެއް ދައްކުވައިދޭނެ ޖުމްލަ 20 އެޕިސޯޑުގެ ޑްރާމާ ސީރީޒެކެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮގާ ބުނީ، ޑްރާމާގެ ޝޫޓިން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މިހާރު 15 ވަރަކަށް އެޕިސޯޑް ޝޫޓްކޮށް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މާލޭގައި ޝޫޓްކުރާ އެ ސީރީޒްގެ ހުރިހާ ތަރިންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް މޮގާ ވަނީ އެ ހުރިހާ ތަރިންނަށް ޝުކުރު އަދާކޮށްފައެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި" ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެއެވެ.

އޭގެ އިތުރުން މުހައްމަދު ފައިސަލް ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެއެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރ" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް